ސާވިސް ޗާޖު ނަގާ ފަރާތްތަކުން ދެން ލިޔެކިއުންތައް ހުށަހަޅަން ޖެހޭނީ ހަމައެކަނި މީރާއަށް

އޮކްޓޯބަރ 1، 2019: މީރާ ހިންގަމުންދާ އިމާރާތް-- ސަން ފޮޓޯ/ ފަޔާޒް މޫސާ

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ސާވިސް ޗާޖު ނަގާ ފަރާތްތަކުން ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ)އާއި މީރާއާ ދެ ތަނަށް ލިޔެކިޔުން ހުށަހެޅުމުގެ ބަދަލުގައި ހަމައެކަނި މީރާއަށް ލިޔެކިޔުން ހުށަހަޅަން ޖެހޭ ގޮތަށް ބަދަލުކޮށްފިއެވެ.

މިއަދު މީރާއާއި އެލްއާރުއޭއާ ދެމެދު ސޮއިކުރި އެމްއޯޔޫއަށް އަމަލު ކުރުމަށް ޓަކައި ސާވިސް ޗާޖާ ގުޅޭ މައުލޫމާތު ހުށަހެޅުމަށް ހާއްސަ އޮންލައިން ސިސްޓަމެއް މީރާއިން ވަނީ އުފައްދާފައެވެ.

ހަމައެއާއެކު އެ ސިސްޓަމުން ބަލައިގަންނަ މައުލޫމާތު، އެލްއާރުއޭއާ ހިއްސާ ކުރެވޭނެ އިންތިޒާމު ވެސް މީރާއިން ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން އެ އެމްއޯޔޫގެ ދަށުން މީރާއާއި އެލްއާރުއޭއާ ދެމެދު މައުލޫމާތު ބަދަލު ކުރުމަށް އެއްބަސްވެ، އެލްއާރުއޭއަށް ބަލައިގަންނަ ފައިސާވެސް މީރާއިން ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އެ އެމްއޯޔޫގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލްއެވެ. އަދި އެލްއާރުއޭގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ރަޝީދު މޫސާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް