އެމްއެންޔޫގެ ފުރަތަމަ ފޮތް މައުރަޒު އާދީއްތަ ދުވަހު ފަށަނީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (ފޮޓޯ/އެެމްއެންޔޫ)

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފުރަތަމަ ފޮތް މައުރަޒު އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޔޫއިން ބުނެފިއެވެ.

އެ ފޮތް މައުރަޒު އޮންނާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

އެމްއެންޔޫއިން ބުނީ އެ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން ފެށިގެން ރޭގަނޑު 10:00 ޖަހަންދެން ޔުނިވާސިޓީގެ މައި މަރުކަޒުގައި މައުރަޒު ކުރިއަށް ދާނެ ކަމަށެވެ.

އެމްއެންޔޫއިން ބާއްވާ އެންމެ ފުރަތަމަ ފޮތް މައުރަޒަކީ ފޮތް އުފައްދާ މީހުންނާއި ވިއްކާ މީހުންނާއި ގަންނަ މީހުންގެ ބާޒާރެއް ކަމަށް އެ ޔުނިވާސިޓީން ބުންނެވެ.

މީގެ އިތުރުން އެ މައުރަޒަކީ ދިވެހި ލިޔުންތެރިން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުސަތެއް ކަމަށްވެސް އެމްއެންޔޫއިން ބުންޏެވެ.

comment ކޮމެންޓް