ދިރާގު ޕްރިޕެއިޓް ޑޭޓާ ސިމްތަކުން ތިން ގުނަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

ދިރާގު

އިތުރު ހަރަދަކާ ނުލައި ޕްރީޕެއިޑް ޑޭޓާ ސިމްތަކުގެ ހުރިހާ ޕެކޭޖަކުން ތިން ގުނަ އިތުރު ޑޭޓާ ލިބޭ ގޮތަށް ދިރާގުން ފެށި ޕްރޮމޯޝަންގެ މުއްދަތު އިތުރު ކޮށްފިއެވެ.

މި ޕްރޮމޯޝަންގެ މުއްދަތު އިތުރުކުރީ މި މަހުގެ ނިޔަލަށެވެ.

ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްތަކުގެ ޕެކޭޖްތަކުގެ ތެރޭގައި މަހަކު 299 ރުފިޔާ އާއި 2999 ރުފިޔާގެ ދެމެދުގެ ޕެކޭޖްތައް ހިމެނެއެވެ. އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 30 ދުވަސް ކޮންމެ ޕެކޭޖެއް ބޭނުން ކުރަން ލިިބޭނެއެވެ.

ދިރާގު ޕްރޮމޯޝަންގެ ފޮޓޯއެއް


ދިރާގު މޮބައިލް އެޕްގެ އެހީގައި ނުވަތަ ޕެކޭޖްގެ ކީވޯޑްޖެހުމަށްފަހު 343 އަށް އެސްއެމްއެސް ފޮނުވައިގެން ޑޭޓާ ސިމްގެ ޕެކޭޖްތައް އެކްޓިވޭޓް ކުރެވޭނެއެވެ.

ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށް ދިރާގުން ބުނެއެވެ.

comment ކޮމެންޓް