ނޯތު މެކެޑޯނިއާ ބަލިކޮށް ޖަރުމަނު ވޯލްޑް ކަޕުގެ ޖާގައެއް ހޯދައިފި

ނޯތު މެސެޑޯނިއާ އާއި ޖަރުމަން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ:ލައިވްސްކޯ

ވޯލްޑްކަޕް ކޮލިފައިންގްގައި ރޭ ނޯތު މެކެޑޯނިއާ ބޮޑު ތަފާތަކުން ބަލިކޮށް އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުގެ ފުރަތަމަ ޖާގަ ޖަރުމަނުން ހޯދައިފިއެވެ.

ވޯލްޑް ކަޕް ބާއްވާ ގައުމުގެ ގޮތުން މީގެ ކުރިން ގަތަރަށް ވަނީ މި މުބާރާތުގެ ޖާގައެއް ލިބިފައެވެ. ވޯލްޑް ކަޕުގައި ޖުމްލަ 32 ގައުމު ވާދަކުރާއިރު، ޔޫރަޕުން މި މުބާރާތަށް ކޮލިފައިވާނީ 13 ގައުމެވެ.

ހަންސީ ފްލިކްސްގެ ޖަރުމަނުން ރޭ ނޯތު މެކެޑޯނިއާ ބަލިކުރީ 0-4 ގެ ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާ އެކު ކޮލިފައިން ގްރޫޕް ޖޭގެ އެއް ވަނައިގައި ޖަރުމަނު އޮތީ އަށް މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ރޭ އާރްމީނިއާ އަތުން 1-0 އިން މޮޅުވި ރުމޭނިއާއެވެ. އެ ޓީމަށް ވަނީ އަށް މެޗުން 13 ޕޮއިންޓް ލިބިފައެެވެ.

ނޯތު މެކެޑޯނިއާ އަކީ މިފަހަރުގެ ކޮލިފައިންގްގައި ޖަރުމަނު ބަލިކުރި ހަމައެކަނި ޓީމެވެ. އަމިއްލަ ގައުމުގައި ޖަރުމަނު، ނޯތު މެކެޑޯނިއާގެ އަތް ދަށުވި އިރު، އެ ޓީމުން ވަނީ އެއަށްފަހު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ.

ރޭގެ މޮޅާ އެކު ޖަރުމަނުން ވަނީ އަންނަ އަހަރުގެ ވޯލްޑްކަޕުން ޖާގައެއް ކަށަވަރުކޮށްފައެވެ. އެއާ އެކު އެ ގައުމު ވެގެން ގޮސްފައިވަނީ އެ ވޯލްޑްކަޕަށް ކޮލިފައިވި ފުރަތަމަ ގައުމަށެވެ.

ރޭގެ މެޗުގައި ޖަރުމަނުން ޖެހި ގޯލުތައް އެ ޓީމަށް ޖަހައިދިނީ ޓިމޯ ވާނާ ދެ ގޯލާއި ކައި ހަވާޓްޒް އަދި ޖަމާލް މުސިއާލާއެވެ.

ވޯލްޑް ކަޕް ބާއްވާ ގައުމުގެ ގޮތުން މީގެ ކުރިން ގަތަރަށް ވަނީ މި މުބާރާތުގެ ޖާގައެއް ލިބިފައެވެ. ވޯލްޑް ކަޕުގައި ޖުމްލަ 32 ގައުމު ވާދަކުރާއިރު، ޔޫރަޕުން މި މުބާރާތަށް ކޮލިފައިވާނީ 13 ގައުމެވެ. މިއީ ޖަރުމަނުން ވޯލްޑް ކަޕްގައި ކުޅޭނެ 20 ވަނަ ފަހަރެވެ. އެންމެ ގިނައިން ވޯލްޑް ކަޕް ކުޅުމުގެ ރެކޯޑް އޮތީ 21 ފަހަރު ކުޅުނު ބްރެޒިލް އަތުގައެވެ.

comment ކޮމެންޓް