ރާއްޖެ - އިންޑިއާ މެޗުގެ ޓިކެޓް ވިއްކަން ފަށާނީ މާދަމާ!

ރާއްޖެ-ލަންކާ މެޗުގެ ޓިކެޓެއް ސަޕޯޓަރަކު ދައްކާލަނީ: ރާއްޖެ-އިންޑިއާ މެޗުގެ ޓިކެޓް މާދަމާ ވިއްކަން ފަށާނެ --- ސަން ފޮޓޯ: އަހްމަދު އައިމަން

ސާފްޗެމްޕިއަންޝިޕްގައި ބުދަ ދުވަހުގެ ރޭ ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކަން ފަށާނީ މަދާމާ ކަމަށް އެފްއޭއެމުން ބުނެފިއެވެ.

އެފްއޭއެމުން މިއަދު ބުނީ، ރާއްޖެ-އިންޑިއާ މެޗުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށާއި، ޓިކެޓް ވިއްކާނެ ގަޑިއާއި ތަން ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

އެފްއޭއެމުން އެހެން ބުނެފައިވަނީ، ބުދަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ރާއްޖެ-އިންޑިއާ މެޗުގެ ޓިކެޓް ގަތުމަށް ބައެއް މީހުން ގައުމީ ފުޓްބޯޅަ ދަނޑުކައިރީގައި ކިޔު ހަދާފައިވަނިކޮށެވެ.

ރާއްޖެ ކުޅޭ މެޗުތަކަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަންނަން ބޭނުންވާތީ، ޑިމާންޑް އޮތީ ބޮޑުވެފައެވެ. އެންމެ ފަހުން ރާއްޖެ ކުޅުނު މެޗުގެ ޓިކެޓް ގަތުމަށް ގިނަ ސަޕޯޓަރުންތަކެއް ކިޔު ހަދައިފައިވަނިކޮށް ޓިކެޓް ހުސްވެއްޖެ ކަން އިއުލާނު ކުރުމުން އެއްވެ ތިބި މީހުން ވަނީ އިހްތިޖާޖް ކޮށްފައެވެ.

އެއާ އެކު ދިވެހި ސަޕޯޓަރުންނަށް ވިއްކަން ހަމަޖައްސާފައިވާ 2500 ޓިކެޓްގެ އިތުރުން 1000 ޓިކެޓް އެރޭ ވަނީ ވިއްކައިފައެވެ.

މުބާރާތް ބާއްވާ ގައުމީ ފުޓްބޯޅަ ދަނޑަގު ހާލަތު ހުރި ގޮތުން އެތަނަށް އެއްފަހަރާ ވަދެވެނީ 5000 އެއްހާ މީހުނަށެވެ. އޭގެ ތެރެއިން ވަކި އަދަދެއްގެ ޓިކެޓްތައް ހުންނަނީ ކުޅުންތެރިންނަށާއި ސްޕޮންސަރުން އަދި ކްލަބްތަކަށް ރިޒާވްކޮށްފައެވެ.

comment ކޮމެންޓް