އދ. ވަކަރުފަޅި ރިސޯޓު ދިވެހި ކުންފުންޏަކުން ޑިސެމްބަރު މަހު ހުޅުވަނީ

ނޯވާ މޯލްޑިވިސްގައި 76 ވިލާ ހުންނާނެ -- ފޮޓޯ: ނޯވާ މޯލްޑިވްސް

އދ. ވަކަރުފަޅީގައި ލަންކާގެ ކުންފުންޏަކުން ހިންގަމުން ދިޔަ ރިސޯޓު އެ ކުންފުނިން ދޫކޮށްލުމުން، ދިވެހި ކުންފުންޏަކުން އެ ރިސޯޓާ ހަވާލުވެ، އަންނަ ޑިސެމްބަރު މަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.

ވަކަރުފަޅި އައިލެންޑް ރިސޯޓަކީ ލަންކާގެ މައުންޓް ލެވެނިއާ ހޮޓެލް ގުރޫޕުން މީގެ ކުރިން ހިންގަމުން ދިޔަ ރިސޯޓެކެވެ. ނަމަވެސް ކޮވިޑްގެ ހާލަތުގެ ސަބަބުން އެ ރިސޯޓު ބަންދު ކުރުމަށް ފަހު އަލުން ނުހުޅުވައި، އެ ކުންފުނިން އެރިސޯޓު ދޫކޮށްލީއެވެ.

މިހާރު އެ ރިސޯޓާ ހަވާލުވެފައިވާ ދިވެހި ކުންފުންޏަކީ 2015 ވަނަ އަހަރު އުފެއްދި "ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް" އެވެ.

އެ ކުންފުނިން ރިސޯޓުގެ ނަން "ނޯވާ މޯލްޑިވްސް" ގެ ނަމުގައި އަލުން ރީބްރޭންޑް ކުރުމަށް ފަހު، އެ ރިސޯޓު ހުޅުވާނީ ހުރިހާ ހަރަދެއް ޕެކޭޖުގެ ތެރޭގައި ހިމެނޭގޮތަށް ހިދުމަތް ދޭ ރިސޯޓެއްގެ ގޮތުގައެވެ.

ނޯވާ މޯލްޑިވްސް ރިސޯޓުން ލިބޭނެ ހިދުމަތްތަކުގެ ތެރޭގައި ޑައިވިން އަދި ވޯޓާ ސްޕޯޓްސް ސެންޓަރަކާއި ސްޕާ އާއި ޖިމަކާއި ދެ ބާގެ އިތުރުން ތިން ރެސްޓޯރެންޓްގެ ހިދުމަތް ހިމެނެއެވެ.

އެ ރިސޯޓުގައި ހިމެނޭ 76 ވިލާގެ ތެރޭގައި:

  1. 21 ބީޗް ވިލާ
  2. އެއް ފެމިލީ ބީޗް ވިލާ
  3. ހަ ސަންސެޓް ބީޗް ވިލާ
  4. އެއް ބީޗް ވިލާ އެންޑް ޕްރައިވެޓް ޕޫލް
  5. ހަތަރު ސަންސެޓް ފެމިލީ ބީޗް ވިލާ ( އަށް ކޮޓަރި ހިމެނޭނެ)
  6. 12 ސަންސެޓް ބީޗް ވިލާ އަދި ޕްރައިވެޓް ޖަކޫޒީ
  7. އެއް ބީޗް ރެސިޑެންސް އަދި ޕޫލް
  8. 25 ވޯޓާ ވިލާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން އެ ރިސޯޓަށް ސީޕްލޭންގައި 25 މިނިޓު ތެރޭ ދެވޭނެއެވެ.

comment ކޮމެންޓް