ގައުމީ ޓީމަށް ސަޕޯޓުކުރާ ފޮޓޯ އާއި ވީޑިއޯ ނެގުމުން، ދިރާގުގެ އަގުބޮޑު އިނާމެއް ލިބުމުގެ ފުރުސަތު

ދިވެހި ގައުމީ ޓީމަށް ސަޕޯޓް ކުރާ ފޮޓޯ ނުވަތަ ވީޑިއޯ ޕޯސްޓް ކޮށްގެން 2000 ރުފިޔާގެ ގިފްޓް ވައުޗާއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވާލުން -- ފޮޓޯ: ދިރާގު

ދިވެހި ގައުމީ ޓީމަށް ސަޕޯޓް ކުރާ ފޮޓޯ ނުވަތަ ވީޑިއޯ ސޯޝަލް މީޑިއާގައި ޕޯސްޓު ކޮށްގެން 2،000 ރުފިޔާގެ ގިފްޓް ވައުޗާއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ހޭޝްޓެގް 'މަގޭ ސަޕޯޓް' ޖެހުމަށްފަހު ފޮޓޯ ނުވަތަ ވީޑީއޯ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމުން ކަމަށެވެ.

އެގޮތުން އެ ކުންފުނިން ބަލާނީ ފޭސްބުކާއި އިންސްޓަގްރާމް އަދި ޓުވިޓާގެ އިތުރުން ޓިކްޓޮކްގައި އަޕްލޯޑް ކުރާ ފޮޓޯ އާއި ވީޑިއޯއަށެވެ.

ހަމައެކަނި ދިވެހިންނަށް ހުޅުވާލާފައިވާ އެ ކެމްޕޭންގައި ނަގާ ފޮޓޯ ނުވަތަ ވީޑިއޯ ވާންޖެހޭނީ އެމީހަކު އަމިއްލައަށް ނަގާފައިވާ ފޮޓޯ އާއި ވީޑިއޯތަކަށްކަން ދިރާގުން ފާހަގަކުރިއެވެ.

ސޯޝަލް މީޑިއާގައި ފޮޓޯއާއި ވީޑިއޯ ހިއްސާކުރާ މީހުންގެ ތެރެއިން އެކި ޕްލެޓްފޯމްތަކުން 11 މީހަކު ދިރާގުން ހޮވާލާނެއެވެ. އެ ގުރު ނެގުން އޮންނަނީ ސާފް ޗެމްޕިއަންޝިޕް ނިމުމުންނެވެ. އަދި އެ 11 މީހުންނަށް ސޮނީ ސްޕޯޓްސްގެ ފަރާތުން ދޭ 2،000 ރުފިޔާގެ ގިފްޓް ވައުޗާއެއް ލިބޭނެއެވެ.

ދިރާގުން ވަނީ ގުރު ނަގާތާ އެއް ހަފްތާ ތެރޭ، ގުރުއަތުން ހޮވުނު މީހަކަށް ގުޅޭ ގޮތް ނުވެއްޖެ ނަމަ އެ މީހަކަށް އިނާމު ނުލިބޭނެ ކަމަށް ބުނެފައެވެ. އަދި ގުރުއަތުން ހޮވޭތާ އެއް މަސް ދުވަހުގެ ތެރޭގައި އިނާމާ ހަވާލުވުމަށް އެކުންފުނިން އެދުނެވެ.

comment ކޮމެންޓް