Last Updated: 2 month 3 week ago

ސާފް ޗެމްޕިއަންޝިޕް: ރާއްޖެ 1 - 0 ސްރީލަންކާ

ބުލޮގު ޚުލާސާ

ސާފް ޗެމްޕިއަންޝިޕުގައި މިއަދު ރާއްޖެ އަދި ސްރީލަންކާ ބައްދަލު ކުރާ މެޗަކީ މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެއަށް މޮޅުވުން މަޖުބޫރު މެޗެކެވެ. ބަންގްލަދޭޝް އަތުން ލިބުނު ތިން ޕޮއިންޓާ އެކު މިވަގުތު ތިންވަނައިގައި އޮތް ރާއްޖެއަށް މިއަދުގެ މެޗުން މޮޅުވެގެން ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ފުރަތަމަ މެޗުގައި ނޭޕާލް އަތުން 0-1 އިން ބަލިވުމާ އެކު ރާއްޖެއަށް ފައިނަލަށް ދިއުމަށް އޮތީ އުނދަގޫ މަގެކެވެ. ފައިނަލަށް ދިއުމަށް ބާކީ ހުރި މެޗުތައް ކާމިޔާބު ކުރަން ރާއްޖެއަށް މަޖުބޫރުވެފައިވާ އިރު، މިއަދު ލަންކާއާ ދެކޮޅަށް ކުޅޭ އިރު އެ ޓީމަށް މާބޮޑު ޕްރެޝަރެއް ނެތެވެ. މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވި ލަންކާއަށް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތީ ގެއްލިފައެވެ.

ސާފް ޗެމްޕިއަންޝިޕުގައި ލަންކާ އަށް ރާއްޖެ ބަލިކުރެވިފައެއް އަދި ނުވެ އެވެ. މުބާރާތުގައި މި ދެޓީމު ހަތް ފަހަރު ބައްދަލުކުރިއިރު ރާއްޖެ ވަނީ ފަސް ފަހަރު މޮޅުވެފަ އެވެ. ބާކީ ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

2013 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގެ މެޗެއްގައި އެއް ޓީމަކުން އެންމެ ގިނަ ގޯލު ޖެހި ޓީމުގެ ރެކޯޑް ހަދައި، 10-0 އިން ރާއްޖެ ވަނީ ލަންކާ ބަލިކޮށްފަ އެވެ. އެ މެޗުގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ހަ ގޯލު ޖަހައިފަ އެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރުގެ މުބާރާތުގައި މި ދެ ޓީމު ވާދަ ކުރި އިރު ނިމުނީ އެއްވަރުވެގެންނެވެ.

ސްރީ ލަންކާ އާއި ދިވެހި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.

17:54

މެޗު ނިމުނީ. ރާއްޖެ 1 - 0 ސްރީ ލަންކާ

17:53

91:00 - ލަންކާގެ ފަސަލް ފޮނުވާލި ބޯޅަ ރާއްޖޭގެ ގޯލު ހުރަސް ދަނޑީގައި.

17:50

'90:00 - އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ރެފްރީ ދައްކައިފި

17:49

ސެންޓޭ ފޮނުވާލި ހިލޭ ޖެހުން ދަނޑީގައި. މިއީ މިއަދުގެ މެޗުގައި ދަނޑީގައި ޖެހުނު ތިންވަނަ ފަހަރު.

17:42

"86:00 - އަލީ ފާސިރުއަށް ކުރި ފައުލާ ގުޅިގެން ލަންކާގެ ޑަކްސަންއަށް ރީންދޫ ކާޑު.

17:40

'79:30 - މިހާރުގެ ސްކޯ އަކީ ރާއްޖެ 1 - 0 ސްރީލަންކާ

17:40

ލަންކާ ޓީމުގެ ކުރިއަށް ޖައްސައިގެން ނުރައްކާތެރި ހަމަލާތަކެއް ދަނީ އުފައްދަމުން.

17:36

'76:40 - ހަންނަ ނަގައިދިން ބޯޅަ ގޯލު ކުރިމަތިން ހުރަސް ވެގެން ދިޔަ ނަމަވެސް އަސަދުﷲ ބޮލުގައި ލައްވާލައި ގޮތެއް ނުވި.

17:35

ރާއްޖެއިން ދެ ބަދަލު ކޮށްފި. އަޝްފާގާއި ހަމްޒާގެ ބަދަލުގައި ކުޅެން ނުކުތީ އަސަދުﷲ އަބްދުﷲ އަދި ހަސަން ރާއިފް (ހަންނަ)

17:33

'71:50 - ލަންކާއަށް ރަނގަޅު ފުރުސަތެއް. އިޝާން ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށް.

17:28

17:28

'69:20 - ރާއްޖެއަށް ހިލޭ ޖެހުމެއް. އޭރިއާ ރޮނގު ކައިރިން ލިބުނު ޖެހުން ގޮސް ހުރީ ސެންޓޭ. ސެންޓޭ ފޮނުވާލި ބޯޅަ ދިޔައީ މާބޮޑަށް ބޭރަށް.

17:26

'65:30 - މިހާރުގެ ސްކޯ އަކީ ރާއްޖެ 1 - 0 ސްރީލަންކާ

17:24

'63:00 - ރާއްޖެއަށް ކޯނަރެއް. ނަގައިދެން ގޮސް ހުރީ ސެންޓޭ.

17:22

'60:00 - ރާއްޖެއިން ބަދަލެއް. އިއްބެގެ ބަދަލުގައި ކުޅެން ނުކުތީ ނާއިޒް ހަސަން (ދާދު)

17:20

'59:00 - ރާއްޖެއަށް ނުރައްކާތެރި ހިސާބަކުން ހިލޭ ޖެހުމެއް. އަޝްފާގަށް ފައުލު ކުރީ ލަންކާގެ ޑަކްސަން.

17:13

'56:00 - ސްރީ ލަންކާއަށް ބަދަލެއް. ޗަރިތާ ބަންދަރާ ރަތަނަޔެކޭގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު އާކިބް

17:10

ރާއްޖެއިން ފުލުފުލުގައި ރަނގަޅު އެޓޭކްތަކެއް. ލަންކާގެ ޑިފެންސަށް ވަރަށް ބާރުބޮޑު.

17:08

'46:00 - ރާއްޖޭގެ ހަމްޒާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އަރިމަތި ދަނޑިއަށް.

17:07

ދެވަނަ ހާފުގެ ކުޅުން ފެށުނީ. ކޮށްޓުން ލަންކާއަށް.

17:06

ދެވަނަ ހާފު ފެށުމަށް ދެ ޓީމުގެ ކުޅުންތެރިން ވެސް ދަނޑުމައްޗަށް ނުކުމެއްޖެ.

16:51

ފުރަތަމަ ހާފުގެ ކުޅުން ނިމުނީ. މިހާރުގެ ސްކޯ އަކީ ރާއްޖެ 1 - 0 ސްރީލަންކާ.

16:43

'45:00 - އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނަޓު ރެފްރީ ދައްކައިފި.

16:42

'42:30 - ފޭދޫ އިއްބެއަށް ކުރި ފައުލަކާ ގުޅިގެން ލަންކާ ޓީމުގެ އިޝާންއަށް ރީންދޫ ކާޑު.

16:41

'41:00 - ރާއްޖެ 1 - 0 ސްރީލަންކާ

16:34

'34:21 - ލަންކާއަށް ރަނގަޅު ހިސާބަކުން ޖެހުމެއް. އެ ޓީމުގެ އިޝާންއަށް ރާއްޖޭގެ އައިސަމް ފައުލު ކުރުމުން ރީންދޫ ކާޑެއް ވަނީ ދައްކައިފަ.

16:30

ރާއްޖޭގެ ފަރާތުން މިއަދުގެ މެޗުގައި މިސް ޕާސް ވަރަށް ގިނަ.

16:29

ފައިސަލްއަށް އަނިޔާވެގެން އޭނާ ބަދަލު ކުރަނީ. ފައިސަލްގެ ބަދަލުގައި ކުޅެން ނުކުންނަނީ މުހައްމަދު ޝަފީއު (ސެޗު)

16:25

'27:50 - ރާއްޖޭގެ ކީޕަރު ފައިސަލްއަށް އަނިޔާވެގެން ދަނޑުމަތީގައި ފަރުވާދެނީ.

16:23

16:20

'23:00 - ރާއްޖެއަށް އަނެއްކާވެސް ގޯލު ޖަހާނެ ހުސް ފުރުސަތެއް. ފޭދޫ އިއްބެ އޭރިއާ ތެރެއިން ސެންޓޭއަށް ޖައްސާލި ބޯޅަ ލަންކާ ކުޅުންތެރިޔާ ވެއްޓިގެންފައި ދިފާއުކޮށްފި.

16:16

'19:00 - ރާއްޖެއަށް ކޯނަރު. ކޯނަރު ނަގަން ގޮސް ހުރީ ސެންޓޭ.

16:15

'15:00 - ލަންކާއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް. އެ ޓީމުގެ ފޯވާޑް ނަގައިދިން ހުރަސް ގޯލު ކުރިމަތިން ފިރުކެމުން ދިޔަ ނަމަވެސް ޖަހާނެ ކުޅުންތެރިއަކު ނުވި.

16:14

'13:30 - އަލީ ފާސިރު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ހުރަސް ދަނޑިއަށް. ރާއްޖެއިން ގިނަ ހަމަލާތަކެއް ދަނީ އުފައްދަމުން.

16:13

ސެންޓޭ ނަގައިދިން ހުރަސް ބްލޮކުކޮށް ބޭރުކޮށްލައިފި. ރާއްޖެއަށް ކޯނަރު.

16:10

'11:00 - ރާއްޖެއަށް ޖެހުން. އަލީ އަޝްފާގަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޖެހުން ކުރިއަށް ފޮނުވާލަން ގޮސް ހުރީ އަލީ ފާސިރު (ސެންޓޭ)

16:09

'9:07 - ލަންކާއަށް ޖެހުމެއް. އެހެން ނަމަވެސް ލަންކާ ކުޅުންތެރިންނަށް އެ ބޯޅަ ފުރިހަމައަށް ބޭނުން ހިފޭ ގޮތެއް ނުވި.

16:07

މިއީ އަޝްފާގު ސާފް ޗެމްޕިއަންޝިޕުގައި ކާމިޔާބު ކުރި 22 ވަނަ ގޯލު. މިއީ މުބާރާތުގެ ރެކޯޑެއް.

16:06

ރާއްޖޭގެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ އަލީ އަޝްފާގު (ދަގަނޑޭ) ހައިޝަމް ނަގައިދިން ހުރަސް ދަގަނޑޭ ގޯލަށް ފޮނުވާލީ ބޮލުން. މިހާރުގެ ސްކޯ އަކީ ރާއްޖެ 1 - 0 ސްރީލަންކާ

16:06

'5:50 - ރާއްޖެ ގޯލު.

16:04

'4:11 - ލަންކާ ގޯލު. އެހެން ނަމަވެސް ލައިންސްމަން ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށް. ރާއްޖެ 0 - 0 ލަންކާ.

16:01

'3:12 - ސްރީލަންކާއަށް ޖެހުމެއް. ޖެހުން ނަގައިދެން ގޮސް ހުރީ 10 ނަންބަރު ޑެ ސިލްވާ.

16:01

މެޗުގެ ކުޅުން ފެށިއްޖެ. ކޮށްޓުން ރާއްޖެއަށް.

15:52

15:45

15:41

މެޗު ފެށުމަށް ދެ ޓީމުގެ ކުޅުންތެރިން ވެސް ދަނޑަށް ނުކުމެއްޖެ. ރާއްޖެއިން މެޗުގައި ބޭނުން ކުރާނީ ރަސްމީ ރަތް ކުލައިގެ ޖާޒީ. ސްރީލަންކާއިން ބޭނުން ކުރަނީ ނޫ ކުލައިގެ ޖާޒީ.

15:40

މިއީ ސްރީލަންކާ މުބާރާތުގައި ކުޅޭނެ ފަހު މެޗު. ސްރީލަންކާ މީގެ ކުރިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވި އިރު، ބާކީ މެޗުން ވަނީ އެއްވަރުވެފައި.

15:39

މިއަދުގެ މެޗަކީ މި މުބާރާތުގައި ރާއްޖެ ހަވީރު ގަޑީ ކުޅެން ޖެހޭ ފުރަތަމަ މެޗު. މީގެ ކުރިން ކުޅުނު ދެ މެޗުވެސް ކުޅުނީ ރޭގަނޑު ވަގުތު.

15:36

ރާއްޖެއިން މިއަދުގެ މެޗު ފަށަނީ ކުރީ މެޗުގެ ފުރަތަމަ އެގާރައަށް ބަދަލެއް ނެގެސްގެން. އެ ދުވަހުގެ މެޗުގައި އަޝްހަދު އަލީ (އަޑުބަރޭ) ކުޅެން ނުކުން ނަމަވެސް ފުރަތަމަ ހާފުގެ ކުރީކޮޅު ވަނީ އަނިޔާވެގެން ބަދަލުކޮށްފައި. އޭނާގެ ބަދަލުގައި މިއަދު ކުޅޭނީ އައިސަމް.

15:35

މިއަދުގެ މެޗަށް ވެސް ރާއްޖޭގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މެޗު ބަލަން ދަނޑަށް ވަދެފައި.

15:34

ރާއްޖެ އަތުން ސްރީ ލަންކާ އަށް އެންމެ ފަހުން މޮޅެއް ހޯދުނީ މީގެ 19 އަހަރު ކުރިން. އެއީ 2002 ވަނަ އަހަރު ލަންކާގެ ސުގަތަދާސަ ސްޓޭޑިއަމްގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗަކުން.

15:28

ސްރީ ލަންކާގެ ފުރަތަމަ އެގާރަ:

1. ސުޖަން ޕެރޭރާ

2. ނިކޮލަސް ހާރޝާ ފެނާންޑޯ

3. ޑަކްސަން ޕުސްލަސް ޔޮގެންދުރަން

4. ޗަރިތާ ބަންދަރާ ރަތަނަޔެކޭ

5. ކަވިންދު އިޝާން

6. ޗަމޯދް ދިލްޝަން އުންކިރި ހެޓިގޭ

7. ޑިލޮން ސެނަން ޑެ ސިލްވާ

8. ޗަލަނާ ޗަމީރާ

9. އަހުމަދު ވަސީމް ރަޒީކް

10. މާވިން ހަމިލްޓޮން

11. ޖޫޑް ސުޕަން

15:25

ދިވެހިރާއްޖޭގެ ފުރަތަމަ އެގާރަ:

މުހައްމަދު ފައިސަލް (ކީޕަރު)
ސަމޫހު އަލީ
އަކްރަމް އަބްދުލް ޢަނީ (ކެޕްޓަން)
ހައިޝަމް ހަސަން
އަލީ އަޝްފާގު
އިބްރާހިމް މަހުދީ ހުސެއިން
ހަމްޒާ މުހައްމަދު
ހުސައިން ނިހާން
އިބްރާހިމް އައިސަމް
ހުސައިން ޝިފާއު (ކުރޯ)
އަލީ ފާސިރު

15:24

ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖެ އަދި ސްރީލަންކާ ބައްދަލު ކުރާ މެޗުގެ ލައިވް ބްލޮގަށް މަރުހަބާ!