މާލޭގައި މާރާމާރީއެއް، އެކަކަށް ހޮސްޕިޓަލްގައި ފަރުވާ ދެނީ

މާލޭގައި މީގެ ކުރިން ހިންގި މާރާމާރީއެއްގައި މީހަކު މަރާލާފައިވާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހު

މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ސަން"އަށް ވިދާޅުވީ، އެ މާރާމާރީގެ ރިޕޯޓް ލިބިފައިވަނީ މިރޭ 7:27 ހާއިރު ކަރަންކާ މަގުގައި ކަމަށެވެ.

މާރާމާރީގައި އަނިޔާވި ދިވެހި މީހާއަށް މިވަގުތު އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދެމުން ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

ނަމަވެސް ލިބިފައިވާ އަނިޔާގެ ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ފުލުހުން އިތުރަށް ބުނީ މާރާމާރީ ހިންގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ސިލްސިލާ މާރާމާރީތަކެއްގައި މީގެ ކުރިން ބައެއް މީހުން މަރާލައިފައިވާއިރު، އެ މައްސަލަތަކުގައި، ޝަރީއަތް ނިމެންދެން ބައެއް މީހުން ތިބީ ބަންދުކޮށްފައެވެ. އެކަމާ ގުޅިގެން، މީގެ ކުރިން ގިނަ ބަޔަކު ހައްޔަރު ކުރުމުން މާރާމާރީތައް ހުއްޓުމަކަށް ވެސް އައެވެ.

comment ކޮމެންޓް