އެޑްވަޓޯރިއަލް: އިންޝުއަރެންސް މެދުވެރިކޮށް ފަހަށް ރައްކާ ކުރެވޭނެ

-- ސަން ފޮޓޯ

ކުރިމަގުގައި ކުރިމަތިވެދާނެ ހާދިސާއަކަށް ތައްޔާރުވުމަށް އެންމެން ވެސް ފައިސާ ރައްކާ ކުރުމަކީ އާދައެކެވެ. ބޭންކުގައި އެކައުންޓް ހުޅުވައިގެންނާއި ގޭގައި ނަގުދު ފައިސާއާއި ވަކިލާރި އެއްކޮށްގެން ރައްކާ ކުރެއެވެ. އެކިއެކި ވިޔަފާރިތަކަށް އިންވެސްޓްކޮށް އެތަންތަނުގެ ސްޓޮކު މިލްކު ކުރުމަކީ ފަހަށް ފައިސާ ރައްކާ ކުރާ ގޮތެކެވެ. އަދި ބޮންޑާއި ސުކޫކް ފަދަ ފައިނޭންޝަލް އިންސްޓްރުމެންޓްސް ގަނެގެން ވެސް ފަހަށް ފައިސާ ރައްކާ ކުރެވިދާނެއެވެ.

ފަހަށް ފައިސާ ރައްކާ ކުރުމަކީ އިންޝުއަރެންސް މެދުވެރިކޮށް ވެސް ކުރެވިދާނެ ކަމެކެވެ. ކޮންވެންޝަނަލް އިންޝުއަރަންސްގެ އިތުރުން އިސްލާމިކް އިންޝުއަރެންސް ނުވަތަ ތަކާފުލް މެދުވެރިކޮށްވެސް މިކަން ކުރެވިދާނެއެވެ. އެ ލަނޑުދަނޑި ހާސިލުކުރުމަށް ޓަކައި އެލައިޑް އިންޝުއަރަންސުން ވަނީ ކޮންވެންޝަނަލް އަދި އިސްލާމިކް އިންޝުއަރަންސްގެ ތަފާތު ޕެކޭޖުތަކެއް ތައާރަފުކޮށްފައެވެ. އެއީ އެކިއެކި ސޭވިންގް ޕްލޭންތަކުގެ ގޮތުގައި އެކުލަވާލާފައިވާ ލައިފް އިންޝުއަރަންސް ޕްލޭންތަކެވެ.

އެލައިޑުން "ރައްކާވެ ތިބިއްޔާ"ގެ ނަމުގައި ކުރިއަށް ގެންދިޔަ ސީރީޒްގެ ތެރެއިން ކްލަބްހައުސްގައި ކުރިއަށް ގެންދިޔަ ސެޝަންގައި އެލައިޑްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވި ގޮތުގައި އިންޝުއަރަންސް ނުވަތަ ތަކާފުލް މެދުވެރިކޮށް ފައިސާ ރައްކާ ކުރުމަކީ "ފަށާ ދަތުރެކެވެ".

އޭނާ ވިދާޅުވި ގޮތުގައި ބޭންކެއްގައި މަހަކު 1,000 ރުފިޔާ ޖަމާކުރާނަމަ 10 އަހަރު ނިމޭއިރު 120,000 ރުފިޔާ އެއްވި ނަމަވެސް، އިންޝުއަރަންސް ނުވަތަ ތަކާފުލް ޕްލޭނެއްގައި ނަމަ އެ އަދަދުގެ އިތުރުން ޕްލޭނުގައި ހިމެނޭ ރިސްކްތަކުން ރައްކާތެރިކަން ލިބޭނެއެވެ.

"ލައިފް ޕްލޭންސް މި ނަގަނީ މައިގަނޑު ތިން ހާދިސާއެއް ދިމާވެދާނެތީ. އެއީ ނިޔާވުން، ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވުން ނުވަތަ ބޮޑު ބައްޔަކާ ހެދި ކުރަމުން އައި މަސައްކަތް ހުއްޓާލަން ޖެހި އާމްދަނީ ލިބޭނެ ކޮޅު ބަންދުވުން. މި ތިން ކަމަށް ރައްކާތެރިކަން ލިބޭނެ ސޭވިންގްއަކާއެކު. އިންޝުއަރަންސްގެ ޕްރީމިއަމް ނުވަތަ ތަކާފުލްގެ ކޮންޓްރިބިއުޝަން ދައްކަން ފަށާ ހިސާބުން ދަތުރު ފެށުނީ. ފުރަތަމަ އަހަރު ނުވަތަ ދެވަނަ އަހަރު ތެރޭގައި ވެސް މިކަހަލަ ކަމެއް ދިމާވި ނަމަވެސް އެއްކަލަ 120,000 ރުފިޔާ އެދުވަހުން ލިބޭނެ. 10 އަހަރު މަޑުކުރާކަށް ނުޖެހޭނެ،" ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން ވިދާޅުވީ ހާދިސާއެއް ދިމާނުވާ ނަމަ ރައްކާކުރަން އަމާޒުކުރި 120,000 ރުފިޔާ، އެޔަށް ލިބުނު ފައިދާއާ އެކު 10 އަހަރު ފަހުން ލިބޭނެ ކަމަށެވެ.

"ސޭވިންގްއަށް އިތުރު ބާރެއް މި ލިބެނީ. މި ދަތުރު ފެށުމާއި ދަތުރު މަތީ ދެމިހުރުން މުހިންމީ،" އޭނާ ވިދާޅުވިއެވެ.

އެލައިޑް އިންޝުއަރަންސް އަދި އަޔާދީ ތަކާފުލް މެދުވެރިކޮށް ފަހަށް ފައިސާ ރައްކާ ކުރެވޭ ގިނަ ޕްލޭނުތަކެއް ހުރެއެވެ. އޭގެ ތެރޭގައި ފަސް އަހަރުން ދަށުގެ ކުދިންގެ މަތީ ތައުލީމަށްޓަކައި ފައިސާ ރައްކާ ކުރުމަށް އެލައިޑްގެ ސެކަންޑްރީ ސްކޫލް އެކްސްޕެންސް ޕްލޭނާއި އަޔާދީގެ ޗައިލްޑް އެޑިއުކޭޝަން ޕްލޭން، ފަހަށް ފައިސާ ރައްކާ ކުރުމަށާއި ލައިފް އިންޝުއަރަންސް ވެސް ހިމެނޭ ގޮތަށް އަޔާދީގެ އިންވެސްޓްމެންޓް ތަކާފުލް، ރައްކާކުރާ ފައިސާ އެކި މުއްދަތުން ނެގޭ ގޮތަށް އޮންނަ އެލައިޑްގެ ކޭޝްބެކް ޕްލޭން، އަދި ދާއިމީ ނުކުޅެދުންތެރިކަމެއް ނުވަތަ ނިޔާވުމުން ސަބަބުން ބޭންކު ލޯނު ދެއްކުމުގެ ޒިންމާއާއި ބުރަ އާއިލާގެ އެހެން މީހަކު އުފުލަންޖެހުނަ ނުދިނުމަށްޓަކައި އެލައިޑްގެ މޯގޭޖް ޕްރޮޓެކްޝަން ޕްލޭން އަދި އަޔާދީގެ މޯގޭޖް ތަކާފުލް ފަދަ ޕްލޭންތަކާ ބެހޭ މައުލޫމާތު، އެލައިޑް އިންޝުއަރަންސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

comment ކޮމެންޓް