ދިރާގު ޓީވީއަށް އެޕްލައި ކޮށްގެން ހިދުމަތް ގުޅައިދިނުމާއި ޖޮއިބޮކްސް ހިލޭ!

ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ދިރާގުން ބުނީ އެ ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ދިރާގު ޓީވީ ކަނެކްޝަނަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް އެ ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން ހިލޭ ޖޯއިބޮކްސް ވެސް ލިބިގެންދާނެ ކަމަށެވެ.

އެ ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަގާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަށް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް 3އެއް ލިބޭނެއެވެ.

މީގެ އިތުރުން އެ ޕްރޮމޯޝަންގައި ގުރުއަތުން އިތުރު 10 ނަސީބުވެރި ފަރާތް ވެސް ދިރާގުން ހޮވާނެއެވެ. އެގޮތަށް ހޮަވާލެވޭ ކޮންމެ ފަރާތަކަށް އެ ކަސްޓަމަރަކު ބޭނުންވާ ޕެކޭޖެއްގެ ހަ މަސް ދުވަހުގެ މަހު ފީ މުޅިން ހިލޭ ލިބޭނެއެވެ. ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް އެ ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ.

ޓީވީ އަދި މުނިފޫހިފިލުވުމުގެ އެންމެ މަގުބޫލު ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭ ދިރާގު ޓީވީއަށް ސަބްސްކްރައިބް ކޮށްލުމަށް މިއީ ރަނުގެ ފުރުސަތެކެވެ.

ސަތޭކައަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް އަދި ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ހިމެނޭ ފުޑް ނެޓްވޯކްއާއި ސްޓާގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.

ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 77 ޕަސެންޓު ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް ފުޅާކޮށްފައެވެ.

އެ ހިދުމަތާ ބެހޭ އިތުރު މައުލޫމާތު، ދިރާގުގެ ވެބްސައިޓުން ބަލައިލެވޭނެއެވެ.

comment ކޮމެންޓް