Last Updated: 2 month 3 week ago

ސާފް ޗެމްޕިއަންޝިޕް 2021: ސްރީލަންކާ 0 - 0 އިންޑިއާ

ބުލޮގު ޚުލާސާ

ސާފް ޗެމްޕިއަންޝިޕް 2021 ގައި ސްރީ ލަންކާއިން މިހާތަނަށް ކުޅުނު ދެ މެޗުން ބަލިވެފައިވާ އިރު، މިއަދު އެ ޓީމުން ނުކުންނާނީ ދުނިޔޭގެ ރޭންކިންގްއަށް ބަލާއިރު މި ސަރަހައްދުގެ އެންމެ ވަރުގަދަ އިންޑިއާއާ ދެކޮޅަށެވެ.

މިފަހަރުގެ ސާފް މުބާރާތުގެ ފައިނަލްގެ ޖާގަ ލަންކާއަށް ގެއްލިފައިވާ އިރު، މިއަދު ކުޅޭ މެޗަށް ނުކުންނަ އިރު އިންޑިއާއަށް ވެސް އޮތީ ޕްރެޝަރު ބޮޑުވެފައެވެ.

މުބާރާތުގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ 1-1 އިން އެއްވަރުވިއިރު، މެޗުގައި ފުރަތަމަ ލީޑު ނެގީ އިންޑިއާ އިންނެވެ. އަދި ބަންގްލަދޭޝުން މެޗުގެ ނަތީޖާ އެއްވަރުކުރީ އެ ޓީމުގެ ކުޅުންތެރިޔަކަށް ރަތްކާޑު ދައްކައި، 10 ކުޅުންތެރިންނަށް އެ ޓީމު މަދުވެފައިވަނިކޮށެވެ. ފަހު 40 މިނިޓް ބަންގްލަދޭޝް އިން ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ.

އެހެން ކަމުން މިއަދުގެ މެޗަކީ ސާފްގެ ފެވަރިޓުންގެ ގޮތުގައި ނަން ކިޔާލެވޭ އިންޑިއާއަށް މުހިއްމުވާނެ މެޗެކެވެ. މިއަދުގެ މެޗުން މޮޅުވެއްޖެ ނަމަ އެ ޓީމަށް މުބާރާތުގައި ހިން ދެމިލަން ފުރުސަތު ލިބޭ އިރު، އެ ޓީމުގެ ކޯޗު އީގޯ ސްޓިމަކް ބުނީ، ފާޑުކިއުންތަކުން އޭނާ އަށް ޕްރެޝަރުގެ އަސަރެއް ނުކުރާނެ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ބަޔަކު ކިޔާ އެއްޗަކަށް، "ސީރިއަސް މީހުން" އަޅާނުލާނެ ކަމަށެވެ.

ލަންކާގެ ކޯޗު އާމިރް އަަލަގިޗް ބުނީ، ސަރަހައްދުގެ ފުޓްބޯޅައިގައި ސާފުކޮށް ފެންނަން އޮތް ހަގީގަތަކީ އިންޑިއާ އަކީ މި ރީޖަނުގައި އެންމެ ކުރިއަރާފައި އޮތް ގައުމު ކަމެވެ. މި ފަހަރުގެ މުބާރާތުގައި އިންޑިއާ ފުރަތަމަ މެޗުން ބަންގްލަދޭޝާ އެއްވަރުވުމަކީ އެ ޓީމުގެ ފެންވަރާ މެދު ގޮތެއް ނިންމަން ޖެހޭ ސަބަބެއްގެ ގޮތުގައި އަލަގިޗް ގަބޫލެއް ނުކުރެ އެވެ.

17:56

މެޗު ނިމުނީ. އިންޑިއާ 0 - 0 ސްރީލަންކާ

17:55

'95:00 - އިންޑިއާ 0 - 0 ސްރީ ލަންކާ

17:51

'93:55 - ލަންކާގެ ކީޕަރު ސުޖަން ޕެރޭރާއަށް އަނިޔާވުމާއެކު ދަނޑުމަތީގައި ފަރުވާދެނީ.

17:50

'90:00 - މެޗުގެ އިތުރު ވަގުތުގެ ގޮތުގައި އަށް މިނަޓު ރެފްރީ ދައްކައިފި.

17:47

'88:30 - އިންޑިއާށް ރަނުގެ ފުރުސަތެއް. އެ ޓީމުގެ ޑިފެންޑަރު ސުބަސިޝް ރޮނގުމަތިން ކަހަލަ ގޮތަކަށް ފޮނުވާލި ބޯޅަ ހުރަސް ދަނޑި މަތިން ބޭރަށް.

17:44

17:44

17:43

'85:00 - ލަންކާގެ ކޯޗު އާމިރް އަަލަގިޗްއަށް ރީންދޫ ކާޑެއް ރެފްރީ ދައްކައިފި.

17:42

މެޗުގެ 80 މިނަޓު ކުޅެވުނު އިރު، ލަންކާ ޓީމުން ވަރަށް ބޮޑަށް މެޗު ލަސްކުރަމުންދާ ކަމަށް ފާހަގަކުރެވޭ.

17:40

'80:00 ލަންކާ ޓީމުން ބަދަލެއް. ކަވިންދު އިޝާންގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު ޝިފާން.

17:37

'79:00 - އިންޑިއާއަށް ކޯނަރެއް.

17:33

މެޗުގައި ބާކީ 15 މިނަޓު. ދެ ޓީމުން ކުރެން އެއް ޓީމަކަށް ވެސް އަދި ގޯލެއް ނުޖެހޭ.

17:32

އިންޑިއާއި ސްރީލަންކާއާ ބައްދަލުކުރާ މެޗްގެ ތެރެއިން --- ސަން ފޮޓޯ: އަހްމަދު އައިހަމް

17:32

އިންޑިއާއިން ވަރަށް ބޮޑަށް ގޯލެއް ޖެހުމަށް ދަނީ މަސައްކަތް ކުރަމުން. ލަންކާއިން ޓީމު އެއްކޮށް ފަހަތަށް ޖައްސައިގެން ދަނީ ޑިފެންސް ކުރަމުން.

17:29

'69:00 - އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ރެފްރީގެ ނިންމުމަށް ޝަކުވާ ކުރުމުން ރީންދޫ ކާޑު ދައްކައިފި.

17:27

ލަންކާގެ ޑިފެންޑަރު ޑަކްސަންއަށް އަނިޔާވުމާއެކު ދަނޑުމަތީގައި ދަނީ ފަރުވާ ދެމުން.

17:26

'66:20 - އިންޑިއާ 0 - 0 ސްރީ ލަންކާ

17:24

'64:00 - އިންޑިއާއަށް ނުރައްކާ ހިސާބަކުން ހިލޭ ޖެހުމެއް. ސުނިލް ޗެތުރީ ކައިރީ ހުރި ކުޅުންތެރިޔާއަށް ޖައްސާލި ނަމަވެސް ލަންކާއިން އެ ބޯޅަ ހޯދައި، ކައުންޓާ އެޓޭކެއް އުފައްދަން ކުރި މަސައްކަތް ނާކާމިޔާބު.

17:21

'62:50 - ލަންކާ ޓީމުން ބަދަލެއް. އެ ޓީމުގެ ޑިފެންޑަރު ޗަރިތާ ބަންދަރާގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު މުސްތާގު

17:17

'59:40 - އިންޑިއާއަށް އަނެއްކާވެސް ރަނގަޅު ފުރުސަތެއް. ލަންކާގެ ޑިފެންސަށް ވަރަށް ބާރު ބޮޑު.

17:16

ކޯނަރަކުން ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ އިންޑީއާގެ ކެޕްޓަން ސުނިލް ޗެތްރީ ބޮލުން ފޮނުވާލި ނަމަވެސް ލަންކާ ކީޕަރު ވަނީ އަތުން ޖައްސައި ގޯލު މަތިން ބޭރަށް ފޮނުވާލާފައި

17:15

'56:11 - އިންޑިއާއަށް އަނެއްކާވެސް ކޯނަރެއް. މި ހާފުގައި އިންޑިއާއަށް ގިނަ ކޯނަރުތަކެއް ލިބުނު ނަމަވެސް މާ ބޮޑު ނުރައްކަލެއް ލަންކާ ގޯލަކަށް ނާދޭ.

17:15

'53 އިންޑިއާގެ ނުރައްކަތެރި ހަމަލާއެއް

17:07

ދެވަނަ ހާފުގައި ވެސް އިންޑިއާގެ ފަރާތުން ފެނިގެންދަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅޭ މަންޒަރު.

17:06

އިންޑިއާގެ ޓީމުން ބަދަލެއް. އެ ޓީމުގެ މެދުތެރެއަށް ކުޅެމުން ދިޔަ ސުރޭޝްގެ ބަދަލުގައި ކުޅެން ނުކުތީ ޔާސިރު މުހައްމަދު.

17:05

ދެވަނަ ހާފުގެ ކުޅުން ފެށީ ސްރީ ލަންކާގެ ޓީމުން.

17:04

ދެވަނަ ހާފު ފެށުމަށް ދެ ޓީމުގެ ކުޅުންތެރިން ވެސް ދަނޑަށް ނުކުމެއްޖެ.

16:49

ފުރަތަމަ ހާފުގެ އުސްއަލިތަށް:

  • މުޅި މެޗު ޑޮމިނޭޓް ކޮށްގެން މޮޅަށް ކުޅުނީ އިންޑިއާއިން
  • ލަންކާ ޓީމުން މޮޅަށް ޑިފެންސްކޮށް އިންޑިއާގެ ހަމަލާތައް ހުއްޓުވި
  • މެޗުގައި މިހާތަނަށް ލިބުނު އެންމެ ހުސް ފުރުސަތު ލިބުނީ އިންޑިއާގެ ލިސްޓޮން ކޮލާކޯއަށް. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށް.
16:46

ފުރަތަމަ ހާފުގެ ކުޅުން ނިމުނީ. އިންޑިއާ 0 - 0 ސްރީ ލަންކާ

16:45

'45:00 - ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެއްޖެ. އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނަޓު ދައްކައިފި.

16:44

އިންޑިއާއަށް ފުލު ފުލުގައި ތިން ކޯނަރު. އެކަމަކު އޭގެން އެއްވެސް ކޯނަރެއްގެ ބޭނުން ކުރެވޭ ގޮތެއް ނުވި.

16:43

'43:52 - އިންޑިއާއަށް ކޯނަރެއް.

16:40

'41:40 - އިންޑިއާގެ މިޑްފީލްޑަރު ސުރޭޝް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީންދޫ ކާޑު.

16:39

އިންޑިއާއި ސްރީލަންކާ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ: އަހްމަދު އައިމަން

16:35

'39:00 - އިންޑިއާގެ ޓީމުން ގިނަ އޮފްސައިޑް ބޯޅަތަކެއް މި ހާފުގައި ކުޅެފި.

16:30

'33:30 - ލަންކާގެ ކީޕަރު ސުޖަން ޕެރޭރާއަށް އަނިޔާވެގެން ދަނޑުމަތީގައި ފަރުވާދެނީ.

16:29

މެޗުގެ ފުރަތަމަ 30 މިނަޓުގެ ކުޅުން ނިމުނީ. އިންޑިއާ 0 - 0 ސްރީ ލަންކާ

16:26

'28:00 - އިންޑިއާގެ ފަރާތުން މޮޅަށް ކުޅުނު ނަމަވެސް މާ ގިނަ ހަމަލާތަކެއް އުފެއްދޭ ތަނެއް ނުފެނޭ.

16:25

އިންޑިއާ އަތުން ލަންކާ އެންމެ ފަހުން މޮޅުވީ 2000 ވަނަ އަހަރު ދިވެހިރާއްޖޭގައި އޮތް ގޯލްޑަން ޖުބުލީ މުބާރާތުގައި.

16:23

އިންޑިއާ އާއި ސްރިލަންކާ މިހާތަނަށް 16 ފަހަރު ބައްދަލުކޮށްފައިވާއިރު، އިންޑިއާ ވަނީ ނުވަ މެޗު ކާމިޔާބުކޮށްފައި. ލަންކާ މޮޅުވެފައިވަނީ ތިން މެޗުން.

16:19

'21:39 - އިންޑިއާއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް. ލިސްޓޮން ކޮލާކޯ ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށް. މިއީ މިހާތަނަށް މެޗުގައި އުފެއްދި އެންމެ ރަނގަޅު ހަމަލާ.

16:18

'19:00 - އިންޑިއާގެ ހިލޭ ޖެހުން ބޭކާރު. ބޯޅަ ދިފާއު ކުރީ ޑަކްސަން.

16:15

16:14

'17:50 - އިންޑިއާއަށް ނުރައްކާތެރި ހިސާބަކުން ހިލޭ ޖެހުމެއް. ޑަކްސަން ފައުލް ކުރީ އިންޑިއާގެ ކެޕަޓަން ޗެތުރީއަށް.

16:13

'13:51 - އިންޑިއާއިން ރަނގަޅު ހަމަލާއެއް އުފައްދައިފި. ބޯޅަ ދިފާއު ކުރީ ސުނިލް ޗެތުރީ.

16:12

16:10

'11:40 - މެޗުގެ މިހާތަނަށް އައި އިރު މެޗު ޑޮމިނޭޓް ކުރަނީ އިންޑިއާގެ ޓީމުން.

ބޯލް ޕޮޒެޝަނަކީ އިންޑިއާ 60 އިންސައްތަ، ލަންކާ 40 އިންސައްތަ.

16:09

'9:00 - ލަންކާ ޓީމުން ހަމަލާއެއް. އަހުމަދު ވަސީމް ރަޒީކް ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށް.

16:05

މިއަދުގެ މެޗުގައި ލަންކާގެ ފަހަތް ބަލަހައްޓަމުން އަންނަ ޑަކްސަންއަށް ފުރަތަމަ މެޗުގައި ލިބުނު ރަތްކާޑާ އެކު މިދިޔަ މެޗުގައި ނޭޕާލްއާ ދެކޮޅަށް ކުޅެފައެއް ނުވޭ.

16:04

'4:30 - ލަންކާގެ ޑިފެންޑަރު އަސިކުރް ރަހުމާން މުހައްމަދު ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީންދޫ ކާޑު. މިއީ މިއަދުގެ މެޗުގެ ފުރަތަމަ ކާޑު.

16:03

މިއަދަކީ ރާއްޖެއަށް ހޫނު ދުވަހަކަށް ވުމާއެކު ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުން އެކަށީގެންވޭ.

16:00

މިއަދުގެ މެޗު ބަލަން ވަދެފައި ވަނީ ޖުމުލަކޮށް މަދު އަދަދެއްގެ ސަޕޯޓަރުންތަކެއް.

15:56

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ފެށުނީ. ކޮށްޓުން އިންޑިއާއަށް.

15:53

މެޗު ފެށުމަށް ދެ ޓީމުގެ ކުޅުންތެރިން ވެސް ދަނޑަށް ނުކުމެއްޖެ. އިންޑިއާއިން މެޗުގައި ބޭނުން ކުރާނީ އެ ޓީމުގެ ރަސްމީ ނޫ ކުލައިގެ ޖާޒީ. ލަންކާއިން ބޭނުން ކުރަނީ ހުދު ކުލަ.

15:51

އިންޑިއާގެ ފުރަތަމަ އެގާރަ:

1. ގުޕްރީތު ސިންގް

2. ސުނިލް ޗެތުރީ (ކެޕްޓަން)

3. ރަހުލް ޝަންކަރު

4. ސުބާސިޝް ބޯސް

5. ސެރިޓަން ބެނީ ފަނަންޑެޒް

6. އަނިރުދް ތަޕާ

7. ގްލެން ޕީޓާ މާޓިންސް

8. އުޑަންޓާ ސިންގްހް ކުމާމް

9. މަންދަރު ރާއޯ

10. ލިސްޓޮން ކޮލާކޯ

11. ސުރޭޝް ސިންގް

15:46

ސްރީ ލަންކާގެ ފުރަތަމަ އެގާރަ:

1. ސުޖަން ޕެރޭރާ

2. ނިކޮލަސް ހާރޝާ ފެނާންޑޯ

3. ޑަކްސަން ޕުސްލަސް ޔޮގެންދުރަން

4. ޗަރިތާ ބަންދަރާ ރަތަނަޔެކޭ

5. ކަވިންދު އިޝާން

6. އަސިކުރް ރަހުމާން މުހައްމަދު

7. ޑިލޮން ސެނަން ޑެ ސިލްވާ

8. ޗަލަނާ ޗަމީރާ

9. އަހުމަދު ވަސީމް ރަޒީކް

10. މާވިން ހަމިލްޓޮން

11. ޖޫޑް ސުޕަން

15:44

ލަންކާއިން މުބާރާތުގެ ތިންވަނަ މެޗަށް ނުކުންނަ އިރު، އެ ޓީމަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވޭ. އިންޑިއާއިން އެއް މެޗު ކުޅުނު އިރު، އެ ޓީމަށް ލިބިފައިވަނީ އެއް ޕޮއިންޓް.

15:43

ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އަދި ސްރީ ލަންކާ ބައްދަލު ކުރާ މެޗުގެ ލައިވް ބްލޮގަށް މަރުހަބާ!