އެއްވަނަ ދަރަޖައިގައި ފާސްވި ހާފިޒުންނަށް މެޑަލް ދީފި

އޮކްޓޯބަރު 6، 2021: އެއްވަނަ ދަރަޖައިގައި ފާސްވި ހާފިޒުންނަށް ރައީސުލްޖުމްހޫރއްިޔާ ދެއްވާ ހާއްސަ މެޑަލް ދެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ކީރިތި ގުރުއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ހާފިޒުންނަށް ރައީސުލްޖުމްހޫރއްިޔާ ދެއްވާ ހާއްސަ މެޑަލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

މި މެޑަލް ދެއްވާފައިވަނީ މިރޭ ކުރިއަށް ދިޔަ ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގެ ތެރެއިންނެވެ. މެޑަލް ހާސިލްކޮށްފައިވަނީ އެއްވަނަ ދަރަޖަައިގައީ ފާސްވި 11 ހާފިޒުންނެވެ. އެއީ:

1. ހައްވާ އަނީސާ، މާލެ، ދަފްތަރު ނަންބަރު ރސ 13802
2. ސަލްމާން މުހައްމަދު ލަތީފް، ފެހިގެ، ދ. މީދޫ
3. މުހައްމަދު ނާހިލް އަޒްމީލް، ހުޅުމާލެ، ފްލެޓް އޭ-4-5ސީ
4. ލަތީފާ މުހައްމަދު، ގޯލްޑަން ފްލާވާ، ސ. ހިތަދޫ
5. އާހިލް މުހައްމަދު ޒާހިރު މަލާޒް، ގދ. ތިނަދޫ
6. ޢާޠިފާ ޢަބްދުލްބާރީ، މާލެ، ދަފްތަރު ނަންބަރު ރސ 12572
7. މުހައްމަދު މިތްޔާޙް ސަލްމާން، ހެވަންލީޑް، ގދ. ތިނަދޫ
8. މުހައްމަދު އަޝްހަމް އަލީ، މއ. އަރިވަރު
9. އައިޝަތު ތޫލާ އަންވަރު، ހުވާސް، ށ. މިލަންދޫ
10. ލައިލް ހުސައިން ހަމީދު، އަލިވާގެ، ދ. ކުޑަހުވަދޫ
11. އައިޝަތު ޝުބާ ޝާހް، ތިމާވެހި، ގދ. ތިނަދޫ

ކީރިތި ގުރުއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް، ހާއްސަ މެޑަލް އެއް ދިނުމަށް ރައީސް ސޯލިހު ނިންމެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ކީރިތި ގުރުއާން ހިތުދަސްކޮށް ދެވަނަ އަދި ތިންވަނަ ދަރަޖައިން ފާސްވާ ހާފިޒުންނަށްވެސް މެޑަލް ދެއެވެ. އެހެންނަމަވެސް އެ މެޑަލް ދޭނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ކަމަށް މީގެ ކުރިން ރައީސް އޮފީހުން ބުންޏެވެ.

މިރޭ އޮތް ގައުމީ ދުވަހުގެ ޖަލްސާގައި މަތީ ދަރަޖަ ހޯދި 10 ފަރާތަކަށް ވެސް ވަނީ ރައީސްގެ އިނާމު ދެއްވާފައެވެ. އަދި ޝަރަފުވެރިކަމުގެ އިނާމު ހަތަރު ބޭފުޅަކަށް ދެއްވާފައިވާއިރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވަނީ 14 ބޭފުޅަކަށް ދެއްވާފައެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވަނީ އިނާމު ހާސިކުރެއްވި ހުރިހާ ބޭފުޅުންނަށް ވެސް ތަހުނިޔާ ދަންނަވާފައެވެ.

comment ކޮމެންޓް