ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދު ކޮށްފައި ހުރި މީހަކު މަރުވެއްޖެ

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ ރޭ 19:00 ގައި ނޭވާ ލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދިޔަ މ. މަލަސް, އިސްމާއީލް ޝަބީން،46، ހާލު ދެރަވެ އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށް މިރޭ މަރުވެފައިވާ ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ އޭނާ މަރުވެފައިވަނީ 19:30 ގައި ކަމަށް ހޮސްޕިޓަލުން އަންގައިފައިވާ ކަމަށެވެ. އޭނާ މަރުވިއިރު އޭނާއަކީ ހަކުރު ބައްޔަށް ބޭސްކުރަމުން އައި މީހެއް ކަން ވެސް ކަރެކްޝަންސް އިން ފާހަގަކޮށްފައިވެއެވެ.

ގައިދީ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން ކަރެކްޝަންސް އިން އެކަން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއާއި ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް އެކަން އަންގައިފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ކަރެޝަންސްއިން އިތުރަށް ބުނީ އިސްމާޢީލް ޝަބީންއަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިއްކިކަމަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައިހުރި މީހެއް ކަމަށެވެ.

comment ކޮމެންޓް