އެންމެފަހު ވަގުތާ ޖެހެންދެން ވެސް އުންމީދު ކަނޑައެއް ނުލާނަން: ފެނަކަ

ފެނަކަ ކޯޕަރޭޝަން ގައުމީ ޓީމާއެކު

މިފަހަރުގެ ސާފް ޗެމްފިއަންޝިޕްގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާ މެދު އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އުންމީދު ކަނޑާ ނުލާނެ ކަމަށް ފެނަކަ އިން ބުނެފިއެވެ.

ފެނަކަ ރިކްރިއޭޝަން ކުލަބުގެ ނައިބު ރައީސް އަމްޖަދު އަހުމަދު މިއަދު "ސަން"އަށް ވިދާޅުވީ ގައުމީ ޓީމާ އެއްކޮށް ތިބި ކަން ސާބިތު ކޮށްދިނުމަށްޓަކައި މެޗު އޮންނަ ކޮންމެ ދުވަހަކު ފެނަކައިގެ މުވައްޒަފުން ގައުމީ ޓީމުގެ ޖާޒީ ލައިގެން އޮފީހަށް ދިޔުމުގެ އިތުރުން ފެނަކައިގެ ޓީމެއް ގައުމީ ޓީމަށް ސަޕޯޓް ކުރުމަށް ދަނޑަށް ދާނެ ކަމަށެވެ.

"ގައުމީ ޓީމަަށް ފެނަކައިގެ ފަރާތުން އެކި އެކި ގޮތްގޮތުން އެހީތެރިވާން މިތިބީ ތައްޔާރަށް. އިރާދަކުރެއްވިއްޔާ މިއީ އަޅުގަނޑުމެންގެ ތިންވަނަ ފަހަރު. މިފަހަރުގެ ތަށި ގައުމީ ޓީމުން ހޯދައިގެން މުބާރާތް ނިމިގެން ދާނީ. އަޅުގަނޑުމެން އެންމެފަހު ވަގުތާ ޖެހެންދެން ވެސް އުންމީދު ކަނޑަ އެއް ނުލާނަން،" އަމްޖަދު ވިދާޅުވިއެވެ.

https://twitter.com/TeamFenaka/status/1445671301910130697

އަމްޖަދު އިތުރަށް ވިދާޅުވީ ގައުމީ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން އަބަދުވެސް ފެނަކަ ޓީމުން ތިބޭނީ ތައްޔާރަށް ކަމަށާއި، ސަޕޯޓް ކުރުމުގެ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ގައުމީ ޓީމަށް ވާން ހުރި ހުރިހާ ގުރުބާނީއެއް ވާން ތައްޔާރަށް ތިބި ކަމަށެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވަނީ ގައުމީ ޓީމާ އެކި ތިބި ކަން ސާބިތުކޮށް ދިނުމުގެ ގޮތުން ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ގައުމީ ޖޯޝާއެކު މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކޮށްފައެވެ.

comment ކޮމެންޓް