ވަގަށް ނެގި ކޭޝް ކާޑެއް ބޭނުން ކޮށްގެން، ވިޔަފާރި ކުރި މީހަކު ހޯދަނީ

ވަގަށް ނެގި ކޭޝް ކާޑެއް ބޭނުން ކޮށްގެން، ވިޔަފާރި ކުރި މީހާ ---

ކޭޝް ކާޑެއް ވަގަށް ނަގައިގެން އޭގެން ގިނަ އަދަދެއްގެ މޯބައިލް ފޯނު ގަނެފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއަކީ މި އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ވަގުތެއްގައި މާލެ، އާޓިފިޝަލް ބީޗް ސަރަހައްދުން ކޭޝް ކާޑެއް ވަގަށް ނަގައިގެން، އެ ކޭޝް ކާޑު ބޭނުން ކޮށްގެން ވިޔަފާރިކޮށް, ގިނަ އަދަދެއްގެ މޯބައިލް ފޯނު ގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.

އެ މައްސަލަ އަންނަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންނެވެ. ނަމަވެސް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ވެސް އޭނާއަކީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި، މި މައްސަލައިގެ އިންސިޑެންޓް ނަންބަރު 498682 ވިދާޅުވެ، އެ މައުލޫމާތެއް ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް