އިމްތިހާނާ ނުލައި ލައިސަންސް ދޫކުރާ ލިސްޓަށް ގަތަރު އިތުރުކޮށްފި

ފަރީދީމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ވެހިކަލްތައް ދުއްވަނީ --- ސަން ފައިލް ފޮޓޯ

އިތުރު ލައިސެންސްއެއް ހޯދުމަކާ ނުލައި 90 ދުވަހުގެ މުއްދަތަކަށް ރާއްޖޭގައި އުޅަނދު ދުއްވުމަށް ހުއްދަ ކުރެވޭ ގައުމުތަކުގެ ލިސްޓަށް ގަތަރު އިތުރުކޮށްފިއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި ހަތަރު ވަނަ އިސްލާހުގެ 33 ވަނަ މާއްދާގެ (ނ) ގެ ދަށުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް، އެ ލައިސެންސް އޮތްހާ ހިނދަކު، މި ގާނޫނުގެ ދަށުން އިތުރު ލައިސެންސްއެއް ހޯދުމަކާ ނުލައި 90 ދުވަހަށް ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވޭނެއެވެ.

މި މާއްދާދެ ދަށުން ޓްރާންސްޕޯޓު މިނިސްޓްރީ އިން ލައިސެންސް ގަބޫލުކުރާ ގައުމުތަކުގެ ލިސްޓަށް ގަތަރު އިތުރުކޮށް އިއުލާންކުރީ އިއްޔެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އިން ލައިސެންސް ގަބޫލުކުރާ އެހެން ގައުމުތައް:

  1. އަފްޣާނިސްތާން
  2. ބޫޓާން
  3. އިންޑިއާ
  4. ނޭޕާލް
  5. ޕާކިސްތާން
  6. ސްރީލަންކާ
  7. ބުރުނައީ
  8. ކެމްބޯޑިއާ
  9. އިންޑޮނޭޝިއާ
  10. ސިންގަޕޫރް
  11. ތައިލެންޑް
  12. ވިއެޓްނާމް
  13. ޖަޕާން
  14. ޔުނާއިޓެޑް ކިންގްޑޮމް
  15. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ
  16. ޗައިނާ
  17. ޔުނައިޓެޑް އަރަބި އެމިރޭޓްސް
  18. ސްވިޓްޒަލެންޑް
  19. ސައުދީ އަރަބިޔާ
  20. ބެލޖިއަމް
  21. ޖާމަނީ
  22. ބަންގްލަދޭޝް
  23. ގަތަރު
comment ކޮމެންޓް