ބަތަލާ އަލާޔާ ރާއްޖޭގައި

ބަތަލާ އަލާޔާ--

ބޮލީވުޑްގެ އެކްޓަރު ކާތިކް އާރްޔަން އާއެކު ފެނިގެންދާ ފިލްމު "ފްރެޑީ"ގެ ޝޫޓިން ނިންމާލުމަށްފަހު ބަތަލާ އަލާޔާ ރާއްޖެ އަތުވެއްޖެއެވެ.

މީގެ ތިން ދުވަސްކުރިން ބަތަލާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ސޮނެވާފުށީގައެވެ. އެ ރިސޯޓުގައި ނަގާފައިވާ ހިތްގައިމު ފޮޓޯތަކެއް އޭނާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ފޮޓޯތައް ހިއްސާކުރަމުން އަލާޔާ ބުނީ ދުނިޔެމަތީގެ ސުވަރުގެއަށް އޭނާއަށް އާދެވިއްޖެ ކަމަށެވެ. ރާއްޖެ އަކީ ރީތި މަންޒިލެއް ކަމަށާއި މި ތަނަކީ ވަރަށް ހިތްގައިމު ތަނެއްކަމަށެވެ.

މިދިޔަ އަހަރު ސައިފް އަލީ ޚާންގެ "ޖަވާނި ޖާނެމަން" އިން ބޮލީވުޑަށް ނުކުތް އަލާޔާ ރާއްޖެ މިއައީ އަދި އަލަށެވެ. ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ދަރިފުޅު އަލާޔާއަކީ ފިލްމީ ޝަޚުސިއްޔަތު ކަބީރު ބޭދީގެ ކާފަ ދަރިއެއް ވެސް މެއެވެ.

ގިނަ ބަޔަކު އަލާޔާ ސިފަކުރަމުން އަންނަނީ ވަރަށް ކުރިމަގު އޮތް ޒުވާން ބަތަލާއެއްގެ ގޮތުގައެވެ. މިހާރު ވެސް އޭނާ އަތުގެ ދެ ފިލްމެއް އެބައޮތެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ފްރެޑީ" އިންނެވެ. މި ފިލްމަކީ ރޮމޭންޓިކް ތްރިލާއެކެވެ. މި ފިލްމަކީ ކާތިކް، އަލާޔާ އާ އެކްތާއެކުގައި ކުރާ ފުރަތަމަ މަސައްކަތެވެ.

comment ކޮމެންޓް