އަޖޭގެ "މައިދާން" އަންނަ އަހަރު ރިލީޒްކުރަނީ

މައިދާންގެ މަންޒަރެއް---

އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "މައިދާން" ރިލީޒްކުރާ ތާރީޚު ހާމަކޮށްފިއެވެ.

އަމިތު ޝަރުމާ ޑައިރެކްްޓްކޮށް ގެނެސްދޭ މި ފިލްމު ރިލީޒްކުރަން ހަމަޖެއްސީ އަންނަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުގައެވެ. މި ފިލްމު އެންމެ ފުރަތަމަ ސިނަމާތަކަށް ގެންނަން ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގައެވެ. އޭގެ ފަހުން ފިލްމު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހަށް ފަސްކުރިއެވެ. އޭގެ ފަހުން ފިލްމު އަޅުވަން ނިންމީ މި މަހުގައެވެ.

ފިލްމުގައި އަޖޭ އާއެކު ފެނިގެންދާނެ އަންހެން ތަރިއަކީ ދެކުނު އިންޑިއާގެ ފިލްމީތަރި ޕްރިޔަމަނީ އެވެ. ބޯނީ ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ މި ފިލްމަކީ އިންޑިއާގެ ފުޓްބޯޅައިގެ ބައްޕަ ސައިދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމުގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ބޯނީ ކަޕޫރު، އަކާޝް ޗައުލާ އަދި އަރުނާވާ ޖޯއީ އެވެ.

ސިނަމާތަކުގައި ރިލީޒްކުރާ މި ފިލްމަކީ ހިންދީ، ތަމިލް، ތެލެގޫ އަދި މަލަޔާލަމް ބަހުން ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

އެކްޓަރު އަޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އާރްއާރްއާރް"، "ސޫރިޔަވަންޝީ" އަދި "މޭޑޭ" ހިމެނެއެވެ. އަޖޭ ވެސް މުހިއްމު ރޯލަކުން ފެނިގެންދާ ސޫރިޔަވަންޝީ ރިލީޒްކުރާނީ އަންނަ މަހުގެ ކުރީކޮޅުގައެވެ.

comment ކޮމެންޓް