ހިޔާ ފްލެޓުތަކުގެ ވެރިންނަށް ދަމާސްއިން ވިއްކާ "މަލްޓިލެކް" ބްރޭންޑްގެ އުފެއްދުން ތަކުން ޑިސްކައުންޓް 

ދަމާސްއިން ވިއްކާ މަލްޓިލެކް ބްރޭންޑް --

ހިޔާ ފްލެޓުތައް ލިބިފައިވާ ފަރާތްތަކުން މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަނީ ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ އެޕާޓްމަންޓުގައި ކުލަ ލައި، ޖަރީކޮށްލުމުގެ މަސައްކަތެވެ. އެފަދަ މަސައްކަތަށް ބޭނުންވާ ކޮލެޓީ ރަނގަޅު ކުލަ އާއި ދަވާދު، ހެޔޮ އަގުގައި ހޯދަން ބޭނުންވާނަމަ ދާންވީ ދަމާސް ޕެއިންޓްސް މާޓަށެވެ.

މިދުވަސްވަރު ދަމާސް ޕެއިންޓްސް މާޓުން ކުލަ ގަތުމުން ހިޔާ ފްލެޓު ލިބުނު ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ވެސް ލިބިގެންދާނެއެވެ.

ދަމާސްއިން ބުނާ ގޮތުގައި އެކުންފުނިން ވިއްކާ "މަލްޓިލެކް" ބްރޭންޑްގެ ކުލަތަކަކީ ހިޔާ ފްލެޓުގައި ލާން ވަރަށް އެކަށީގެންވާ އުފެއްދުން ތަކެކެވެ.

ދަމާސްއިން ވިއްކާ މަލްޓިލެކް ބްރޭންޑް --

މިއުފެއްދުން ތަކުގެތެރޭގައި ގޭގެ އެތެރޭ ފާރުގައިލުމަށް ޚާއްސަ ޕްރައިމާ/ ސީލަރު، މެޓް، ސިލްކު އަދި ވޮޝެބްލް ކުލަތަކާއި ބޭރު ފާރުގައިލުމަށް ޚާއްސަ ޕްރައިމާ/ ސީލަރު އަދި ކުލަތައްހިމެނެއެވެ.

މީގެ އިތުރުން ފާރުން ފެން ލީކުވުން ހުއްޓުވުމަށް ޙާއްސަ ޕްޓީއާއި ސީލާ ވެސް ލިބެންހުންނާނެއެވެ.

މަލްޓިލެކް ބްރޭންޑްގެ ކުލަތައް މަލްޓިލެކްގެ ވެބްސައިޓުން ބަލައިލެވޭނެއެވެ. އަދި ވަކި ހާއްސަ ކުލައެއް ބޭނުންވާ ނަމަ، ދަމާސް ޕެއިންޓްސް މާޓުން އެ ކުލައެއް ވަގުތުން ތައްޔާރުވެސް ކޮށްދޭނެއެވެ.

ދަމާސް ޕެއިންޓްސް މާޓަކީ ކޮލެޓީ ރަނގަޅު، އިތުބާރު ހިފޭ ކުލައާއި ދަވާދު ރާއްޖޭގެ މާކެޓުގައި ވިއްކުމުގައި ތަޖުރިބާކާރު ފިހާރައެކެވެ.

ހިޔާ ފްލެޓުތަކުގެ ވެރިންނަށް ދަމާސްއިން ވިއްކާ "މަލްޓިލެކް" ބުރޭންޑްގެ އުފެއްދުން ތަކުން ޑިސްކައުންޓް ލިބޭނެ --

އެގޮތުން މަލްޓިލެކްގެ އިތުރުން އޯޝަންމާސްޓާ ބްރޭންޑަކީ ވެސް ދަމާސް ޕެއިންޓްސް މާޓުން ވިއްކާ ފާހަގަކޮށްލެވޭ އުފެއްދުމެކެވެ. މިއީ ކަނޑު އުޅަނދުފަހަރަށް ހާއްސަ އުފެއްދުމެކެވެ. އުޅަނދުފަހަރުގެ ފެނުން ތިރީގައި ލާން ބޭނުންކުރާ އަންޑަކޯޓާއި އެންޓިފައުލިންގެ އިތުރުން މަރާމާތުކުރުމަށް ބޭނުންވާ ޕްޓީ، ފިލާ އަދި އެކިކުލަތަކުގެ ދަވާދު ވެސް ލިބެން ހުންނާނެއެވެ.

ދަމާސްއިން މަލްޓިލެކް އަދި އޯޝަންމާސްޓާގެ ރާއްޖޭގެ ޑިސްޓްރިބިއުޓަގެ ގޮތުގައި އެ ބްރޭންޑުތަކުގެ އުފެއްދުން ވިއްކަމުން އަންނަތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ދަމާސް ޕެއިންޓްސް މާޓުން ވިއްކާ އިތުރު އުފެއްދުންތަކާ ބެހޭ މައުލޫމާތު އެ ފިހާރައިގެ ނަންބަރު 3313239 އަށް ގުޅައިގެން ނުވަތަ ފާމުދޭރި މަގުގައި ހުންނަ ދަމާސް ޕެއިންޓްސް މާޓަށް ދިއުމުން ލިބޭނެއެވެ.

ދަމާސްގެ ޕެއިންޓްސް މާޓުން ވިއްކާ އުފެއްދުންތައް "ދަމާސް އެކްސްޕްރެސް" ވެބްސައިޓު އަދި މޮބައިލް އެޕްލިކޭޝަނުން ވެސް ގަނެވޭނެއެވެ.

comment ކޮމެންޓް