ޖަރުމަނުގައި ބޭއްވި އާންމު އިންތިޚާބުގައި ވެރިކަން ކުރާ ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ

އެންގެލާ މާކެލް

ބާލިން (ސެޕްޓެމްބަރު 27): ޖަރުމަނުގައި ބޭއްވި އާންމު އިންތިޚާބުގައި އެގައުމުގައި ވެރިކަންކުރާ ކްރިސްޓިޔަން ޑިމޮކްރެޓިކް ޔުނިޔަން (ސީޑީޔޫ) އަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިއްޖެއެވެ.

ޖަރުމަނުގެ މީޑިއާ ބުނާގޮތުން އެގައުމުގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބިފައިވަނީ އިދިކޮޅު ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޕީޑީ) އަށެވެ.

މިހާރުގެ ޗާންސެލަރ އެންގެލާ މާކެލްގެ ޕާޓީ ކަމަށްވާ ކްރިސްޓިއަން ޑިމޮކްރެޓިކް ޔުނިއަން (ސީޑީޔޫ) އާއި އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ކްރިސްޓިއަން ސޯޝަލް ޔުނިއަން (ސީއެސްޔޫ) ގެ ކޯލިޝަން ބަލިކުރުމަށްފަހު ހަނި ތަފާތަކުން ކާމިޔާބު ހޯދީ މިހާރު އިދިކޮޅުގައި އޮތް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޕީޑީ) އެވެ.

ރަސްމީ ނަތީޖާ އަދި އިއުލާނު ނުކުރިނަމަވެސް ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ވާތުފިޔައިގެ އިދިކޮޅު ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޑީޕީ) ވަނީ އިންތިޚާބުގެ ވޯޓުގެ 26 ޕަސެންޓް ވޯޓު ހޯދާފައެވެ. އެންގެލާ މާކެލްގެ ކްރިސްޓިއަން ޑިމޮކްރެޓިކް ޔުނިއަން (ސީޑީޔޫ) އާއި އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ކްރިސްޓިއަން ސޯޝަލް ޔުނިއަން (ސީއެސްޔޫ) ގެ ކޯލިޝަނަށް އަށް ލިބިފައިވަނީ ވޯޓުގެ 24 އިންސައްތައެވެ.

މިއީ ފާއިތުވި 70 އަހަރުގެ ތެރޭގައި ކްރިސްޓިއަޑް ޑިމޮކްރެޓިކް ޔުނިއަން (ސީޑީޔޫ) އަށް މިހާބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުނު ފުރަތަމަ ފަހަރެވެ. 2005 ވަނަ އަހަރުން ފެށިގެން ޖަރުމަނުގައި ވެރިކަންކުރައްވަނީ އެޕާޓީގެ ފަރާތުން އެންގެލާ މާކެލް އެވެ. ނަމަވެސް އިއްޔެ ބޭއްވި އިންތިޚާބުގެ ކުރިން ޗާންސެލަރގެ މަޤާމަށް ދެން ކުރިމަތިނުލައްވާނެކަން މާކެލްވަނީ އިއުލާން ކުރައްވާފައެވެ. ނަމަވެސް ޕާޓީއަށް ކާމިޔާބު ހޯދާއިދިނުމަށް މާކެލް މަސައްކަތް ކުރެއްވިއެވެ.

މި ނަތީޖާ އަށް ބަލާއިރު އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ފުރިހަމަ އަޣުލަބިއްޔަތު ނުލިބެއެވެ. އެހެންކަމުން އެންމެ ގިނަ ވޯޓު ހޯދި ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޑީޕީ) ކުދިޕާޓީތަކާ ގުޅިގެން ކޯލިޝަން ސަރުކާރެއް އުފައްދަން މަސައްކަތްކުރާނެކަމަށް ވަނީ ބެލެވިފައެވެ.

ޖަރުމަނުގެ ތިންވަނަ ޕާޓީކަމަށްވާ ގްރީން ޕާޓީއަށް 14.6 ޕަސެންޓް ވޯޓު އަދި އަދި ފްރީ ޑިމޮކްރެޓިކް ޕާޓީ އަށް 11.5 ޕަސެންޓް ވޯޓު ލިބިފައިވެއެވެ. އެހެންކަމުން މިދެޕާޓީއާ އާ ގުޅިގެން ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އިދިކޮޅު ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޕީޑީ) އަށްވެސް އަދި މާކެލްގެ ކްރިސްޓިއަޑް ޑިމޮކްރެޓިކް ޔުނިއަން (ސީޑީޔޫ) އާއި އެޕާޓީއާ ގުޅިފައިވާ ކްރިސްޓިއަން ސޯޝަލް ޔުނިއަން (ސީއެސްޔޫ) ކޯލިޝަނަށްވެސް އެބައޮތެވެ.

ނަމަވެސް އެންމެ ގިނަ ވޯޓު ލިބިފައިވަނީ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޕީޑީ) އަށް ކަމަށްވާތީ ކޯލިޝަން ސަރުކާރެއް އިއުލާން ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބޭނެކަމަށް ބެލެވިފައިވަނީ އެސްޕީޑީ އަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް