އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

ސ. މަރަދޫ ޒީނިޔާމަންޒިލް، ހައްވާ ސައުޒާ-- ފޮޓޯ/ ފުލުހުން

އޮޅުވައިލައިގެން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ހޯދަމުން އަންނަނީ ސ. މަރަދޫ ޒީނިޔާމަންޒިލް، އުމުރުން 22 އަހަރުގެ ހައްވާ ސައުޒާއެވެ.

ފުލުހުން ބުނީ ހޯދަމުންދާ ހައްވާ ސައުޒާއަކީ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވާ މީހެއް ކަމަށެވެ.

އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި ފުލުހުން ވަނީ އިއުލާނުކޮށްފައެވެ.

ފުލުހުންގެ އިއުލާނުގައި ބުނެފައިވަނީ ޝަހީދު ހުސައިން އާދަމް ބިލްޑިން އަށް، އަންނަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން އެ މީހާ ހާޒިރުވުމަށް އަންގާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް