ކުރީގެ ލަވަކިޔުންތެރިޔާ ޝަހުބާން ކުއްލިގޮތަކަށް ނިޔާވެއްޖެ

ކުރީގެ ލަވަކިޔުންތެރިޔާ، ތަބައްގޭ މުހައްމަދު ޝަހުބާން --

ކުރީގެ ލަވަކިޔުންތެރިޔާ، ތަބައްގޭ މުހައްމަދު ޝަހުބާން ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

ރޭ ކުއްލިގޮތަކަށް ޝަހުބާން ނިޔާވި ހާދިސާ ހިއްސާކުރަމުން، ޝަހުބާންގެ ކޮއްކޮ އަހުމަދު ޝުޖުވާން ބުނީ، ޝަހުބާން ނިޔާވީ މަޣްރިބު ނަމާދަށް ދިއުމަށްޓަކައި ވުޟޫކުރަން ފާހާނާއަށް ވަދެ އުޅެނިކޮށް ކަމަށެވެ.

އޭގެ ފަހުން ފާހާނާގައި ގިނަ އިރުވާތީ، އެގޭގައި ދެން ދިރިއުޅޭ މީހާ ޝަހުބާންއަށް ފޯނުކުރި ކަމަށެވެ. އަދި ފާހާނާ ތެރެއިން ފޯނު ރިންގުވާ އަޑު އިވުނު ނަމަވެސް ޖަވާބެއް ނުދޭތީ، އެ މީހާ ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ގުޅީ ކަމަށެވެ.

"ގުޅީމަ އެމީހުން އައިސް ދޮރު ހަލާކު ކޮށްލައިގެން ވަތްއިރު އޮތީ ވެއްޓިފަ. ދެން ހޮސްޕިޓަލަށް ގެންދިޔައީމަ އެމީހުން ބުނީ ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ މަރުވިތާ ގާތްގަނޑަކަށް ދެ ގަޑިއިރު ވެފައޭ،" ޝުޖުވާން ބުންޏެވެ.

އޭނާ ބުނީ ޝަހުބާން މަރުވުމުގެ ކުރިން، އޭނާއަށް ވަރަށް ބޮޑަށް ރޯގާ ޖެހިފައި ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ.

އުމުރުން 53 އަހަރުގައި ޝަހުބާން ނިޔާވި އިރު، ދެ ފިރިހެން ދަރިން އެބަތިއްބެވެ.

ޝަހުބާންގެ ކަށުނަމާދު ކުރުން އޮތީ މިއަދު މެންދުރު ނަމާދަށް ފަހުގައިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު