ބަރަހަނާ ފޮޓޯތަކެއް ލީކުކުރިކަމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް ދައުވާ އުފުލައިފި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެލެގުރާމާއި ސޯޝަލް މީޑިއާގައި މީހުންގެ ބަރަހާނާ ފޮޓޯ ލީކުކުރިކަމުގެ ތުހުމަތުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

އެ އޮފީހުން ދައުވާ އުފުލާފައިވަނީ، މއ. އިސްޕަންޖުގެ، މުހައްމަދު މަސާއިދު ބިން ސައީދުގެ މައްޗަށެވެ. އެގޮތުން އޭނާގެ މައްޗަށް ޖުމްލަ 11 ދައުވާއެއްވަނީ އުފުލާފައެވެ.

އެގޮތުން އޭނާގެ މައްޗަށް އުފުލާފައިވަނީ:

  1. އޮރިޔާން ކާޑު ގެންގުޅުމުގެ ތިން ދައުވާ
  2. އޮރިޔާން ކާޑު ފެތުރުމުގެ ތިން ދައުވާ
  3. އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ
  4. އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ
  5. އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ
  6. އެހެން މީހެއްގެ މުދަލެއްްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ
  7. އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ

އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 22ވަނަ ދުވަހެވެ. ހައްޔަރުކޮށްފައިވަނީ ފޯނެއް ހެކްކޮށް ފޮޓޯތަކެއް ލީކުކޮށްލި މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުން ބުނީ މަސާއިދަކީ މީގެ ކުރިން ވެސް އެފަދަ މައްސަލައެއްގެ ރެކޯޑުއޮތް މީހެއްކަމަށެވެ.

comment ކޮމެންޓް