ހަ ކުޅުންތެރިއަކު ބާކީކޮށް ސާފުގެ ފައިނަލް ސްކޮޑު އިއުލާންކޮށްފި

ގައުމީ ޓީމުން ގަތަރުގައި ކުރަމުން އަންނަ ކޭމްޕްގެ ތެރެއިން --- ފޮޓޯ//އެފްއޭއެމް

އަންނަ މަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ކޭމްޕް ކުރަމުން އަންނަ ރާއްޖޭގެ ގައުމީ ޓީމުގެ ޕްލިމިނަރީ ސްކޮޑުން ހަ ކުޅުންތެރިއަކު ބާކީކޮށް، ފައިނަލް ސްކޮޑު އިއުލާންކޮށްފިއެވެ.

ގައުމީ ޓީމުން ސާފަށް ތައްޔާރުވުމުގެ ގޮތުން މި ވަގުތު ގަތަރުގައި ކޭމްޕް ކޮށްގެން ތިބި އިރު، ޓީމް އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އެ ކޭމްޕަށް 30 ކުޅުންތެރިންގެ ސްކޮޑަކާ އެކު ފުރި އިރު، މިއަދު އެފްއޭއެމުން ވަނީ މުބާރާތަށް ނަގައި 24 ކުޅުންތެރިންގެ ސްކޮޑު އިއުލާންކޮށްފައެވެ.

ކޭމްޕަށް ދިޔަ ކުޅުންތެރިންގެ ތެރެއިން ފައިނަލް ސްކޮޑުން ޖާގަ ގެއްލިފައި ވަނީ ކީޕަރު ހުސައިން ޝަރީފު، އަލީ ޝާމިސް(ތޮއްޕޭ)، އަހުމަދު އަބްދުﷲ (ލިލީ)، ޔަސްފާދު ހަބީބް (މުލަކޭ) އަދި މޫސާ ޔާމީންގެ އިތުރުން ހަސަން ނަޒީމް (ޗޯޓު)އަށެވެ.

ގައުމީ ޓީމުން މިހާތަނަށް ކޭމްޕުގައި ދެ މެޗެެއް ވަނީ ކުޅެފައެވެ. އެގޮތުން ކުޅުނު ފުރަތަމަ މެޗުގައި ގަތަރުގެ ދެ ވަަނަ ޑިވިޝަނުގެ ލުސައިލް އެފްސީ އަތުން ރާއްޖެ 4-3އިން ވަނީ މޮޅުވެފައެވެ. އަދި ދެވަނަ މެޗުގައި އިއްޔެ ގަތަރުގެ އާމީ ނެޝަނަލް ޓީމު އަތުން 1-1 އިން ވަނީ އެއްވަރުވެފައެވެ.

ސާފުގެ ފައިނަލް ސްކޮޑު:

މާޒިޔާ: އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް، ސަމޫހު އަލީ، ހުސެއިން ނިހާން (ނިހާޓް)، ނާއިޒު ހަސަން (ދާދު)، އަސަދުﷲ އަބްދުﷲ (އަސަކޮ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)

އީގަލްސް: ހަސަން ރާއިފް އަހުމަދު (ހަންނަ)، ހައިޝަމް ހަސަން (ބިޑި)، ހުސެއިން ޝިފާއު (ކުރޯ)، މުހައްމަދު ނާއިމް، އަސްހަދު އަލީ (އަޑޭ)، އަހުމަދު ނޫމާން (ހެލްމެޓް)

ވެލެންސިއާ: އަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު ފައިސަލް، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ޝަފީއު (ޗެކް)

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ): އިސްމާއިލް އީސާ (މެސީ)، އަލީ ނާޖިހު، އަލީ ހައިޝަމް (ޗުމްޕު)

ދަ ގްރާންޑޭ: ގާސިމް ސައްމާމު (ސައްމެ)

comment ކޮމެންޓް