ހައި ކޯޓުގެ ފަނޑިޔާރު ފަރުހީޒާ، ހަސްމަކާ ބައްދަލުކުރެއްވި ކަމަށް ސާބިތެއް ނުވި

ހައި ކޯޓުގެ ފަނޑިޔާރު ފަރްހީޒާ: އޭނާއާ ގުޅޭ ގޮތުން ބެލި މައްސަލަ ސާބިތުނުވާ ކަމަށް މިއަދު ވަނީ ނިންމާފައި ----

ހައި ކޯޓުގެ ފަނޑިޔާރު ފާތިމަތު ފަރުހީޒާ, ބައްދަލުކުރެއްވި ކަމަށް ބުނެ ހުށަހެޅި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ފަނޑިޔާރު ފަރުހީޒާއާ ގުޅޭގޮތުން ބަލާފައިވަނީ، ސ. ފޭދޫ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ބޭއްވި ޝަރީއަތުގެ މަޖިލީހެއް ނިމުނީކަމަށް އިއުލާން ކުރެއްވުމަށްފަހު، މައްސަލާގައި ހިމެނޭ ހަޝްމަކާ ބައްދަލުކުރެއްވި ކަމަށް ބުނާ މައްސަލައެކެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޖޭއެސްސީން މިއަދު ބުނީ، ފަރުހީޒާއާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބެލި މައްސަލަ ސާބިތު ނުވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ މިދިޔަ އާދިއްތަ ދުވަހު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

ނަމަވެސް އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ޖޭއެސްސީން ނުދެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހައި ކޯޓަށް އައްޔަން ކުރެއްވި ފަރުހީޒާ މީގެ ކުރިން ހުންނެވީ ސ. ފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުގައިއެވެ.

comment ކޮމެންޓް