މިނިސްޓަރު އަމީރާއި ފައްޔާޒު ވެސް ގޮނޑި ކާމިޔާބުކުރައްވައިފި

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: އެ ދެ ބޭފުޅުން ވެސް ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރައްވާފައި ---

މިއަދު ކުރިއަށްގެންދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރެއްވި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގޮޑި ކާމިޔާބު ކުރައްވައިފިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން، ލ. ގަމު ދާއިރާގެ ރައީސްކަން ކާމިޔާބު ކުރެއްވީ މިނިސްޓަރު ފައްޔާޒެވެ. އަދި މެދު ދެކުނު ޕްރޮވިންސްގެ ރައީސްކަން ކާމިޔާބު ކުރެއްވީ މިނިސްޓަރު އަމީރު ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ. އެ ދާއިރާގައި ހިމެނެނީ ތ. އަދި ލ. އަތޮޅުގެ ރަށްތަކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އެ ދެ މިނިސްޓަރިން ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ބޮޑުތަފާތަކުންނެވެ. ކެބިނެޓް މިނިސްޓަރެއްގެ ގޮތުގައި ދެން ވާދަކުރެއްވި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ އޭނާ ކުރިމަތިލެއްވި މެދު އުތުރު ޕްރޮވިނަސްގެ ރައީސް ކަން ވެސް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފައެވެ. މަހްލޫފްއަކީ ވެސް ރައީސް ސޯލިހު ތާއިދު ކުރައްވާ ބޭފުޅެއް ކަމަށް ވަނީ ބެލެވިފައެވެ.

އެހެން ފަހަރުތަކާ ހިލާފަށް މިފަހަރުގެ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ވަނީ ގަދަވެފައެވެ. އެއީ ރައީސް ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ މެދުގައެވެ. ދެ ރައީސުންގެ ހިޔާލުތަފާތުވެފައިވާއިރު، ރައީސް ނަޝީދު ތާއީދު އިޚްތިޔާރުކުރެއްވީ ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ކެންޑިޑޭޓުންނެވެ. ރައީސް ސޯލިހުގެ އަޑު އިންތިހާބުގައި މަޑެވެ. ނަމަވެސް ބަރުލަމާނީ ނިޒާމަށް ތާއިދު ނުކުރައްވާ ކެންޑިޑޭޓުންނަކީ ރައީސް ސޯލިހުގެ ކެންޑިޑޭޓުންގެ ގޮތުގައި އޮތީ ލޭބަލް ވެފައެވެ.

comment ކޮމެންޓް