މޫނުގައި ހުންނަ ބިހިތަކާ ނުކުޅޭތި!

މޫނުގައި ބިއްސެއް ނެގުމަކީ ހާއްސަކޮށް އަންހެން ޒުވާން ކުދިންގެ އެންމެ ބޮޑު ބިރެވެ. ހުރިހާ ދުވަހަކު މޫނުމަތި އޮމާންކޮށް ސާފުކޮށް ހުއްޓާ ޖަލްސާއަކަށް ނުވަތަ ޕާޓީ އަކަށް ދާން އޮންނަ ދުވަހު މޫނު މަތީގައި ބިއްސެއް ނަގާފައި އިންނަތަން ފެނުމަކީ މުޅި މޫޑު ހަރާބުވާނެ ކަމެކެވެ.

އޭގެ ސަލާމަތްވުމަށް ބިހި ފަޅާލަނީއެވެ. ނަމަވެސް އެއީ އެންމެ އެދެވޭ ގޮތެއް ނޫނެވެ. ބިއްސެއް ފަޅާލުމަކީ މުޅި މޫނަށް ބެކްޓީރިއާ ފެތުރުން ގާތް ކަމެކެވެ. އަދި ބިހި ނަގާފައި ހުންނަ ހިސާބު އިންފެކްޓްވުން ފަދަ ކަމެއްވެސް ވުން ގާތެވެ. ހަމައެއާއެކު އެތަން އަވަހަށް ރަނގަޅުވާން ގިނަ ދުވަސްތަކެއް ނަގާނެއެވެ. ބިއްސެއް ފަޅައިފިނަމަ އެއާ ނުކުޅެ ދެތިން ދުވަސްވަންދެން ބަހައްޓައިފިނަމަ އަމިއްލަ އަށް އެ ބިހި ނެތިގެންދާނެއެވެ. ނަމަވެސް ބިހި ފަޅާލައިފިނަމަ އެތަން ލަކުނަށް ބަދަލުވެ ލަކުނު ފިލަން ލައްކަ ޒަމާން ނަގައެވެ.

އާންމުކޮށް މޫނުގައި ހުންނަ ބިއްސެއް ނެތިދާން ހަފްތާއެއްހާ މުއްދަތު ނަގައެވެ. ނަމަވެސް ބިހި ފަޅައިފިނަމަ އެ މުއްދަތު ދެހަފްތާއަށް ބަދަލުވެގެންދެއެވެ. މޫނުގައި ބިހި ނެގުން ހުއްޓުވުމަށް މޫނުގައި އަތްލުން މަދުކުރާށެވެ. އަދި މޫނުގައި އަތްލާނަމަ ރަނގަޅަށް އަތްދޮވެ ސާފުކުރާށެވެ. އަދި ދުވާލަކު މަދުވެގެން ދެ ފަހަރު ރަނގަޅަށް މޫނު ދޮވެ މޫނު މޮއިސްޓަރައިޒް ކުރަން ހަނދާން ބަހައްޓާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު