އެމްއެންޑީއެފްގެ ސެކިއުރިޓީ ޖާބިރަަށް ފޯރުކޮށްދޭން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް އެމްއެންޑީއެފްގެ ސެކިއުރިޓީ ފޯރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން އެމްއެންޑީއެފްގައި އެދިއްޖެއެވެ.

މަޖިލީހުގެ ޑިރެކްޓާ މީޑިއާ އެންޑް ކޯޑިނޭޝަން ހަސަން ޒިޔާއު "ސަން"އަށް މިރޭ ވިދާޅުވީ ޖާބިރަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގައި އެދިފައިވަނީ އޭނާ އެކަމަށް އެދިވަޑައިގަތުމުންކަމަށެވެ.

ޖާބިރަށް ސެކިއުރިޓީ ހަމަޖައްސައިދިނުމަށް އޭނާ އެދިވަޑައިގެންފައިވަނީ އއ. މަތިވެރިއަށް އޭނާ ވަޑައިގަތުމާއެކު އޭނާއާ އެ ރަށުގެ ބަޔަކާ ދެމެދު ހިނގި ކުރިމަތިލުންތަކަކަށް ފަހެވެ.

https://sun.mv/157155

އެއާއެކު މިއަދު ވަނީ ޖާބިރު އެ ރަށަށް ވަޑައިގަތުމުން ހިންގި ހަމަނުޖެހުންތަކުގައި އޭނާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައި ވަނީ 42 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ކަމަށެވެ.

https://sun.mv/157209

ރައްޔިތުންގެ މަޖިލީހުން މެމްބަރުންނަށް ދޭ ސިފައިންގެ ސެކިއުރިޓީގެ ހިދުމަތަކީ މެމްބަރުން އެކަމަށް އެދިވަޑައިގަތުމުން ދޭ ހިދުމަތެކެވެ.

އަދި މަޖިލީހުން އެމްއެންޑީއެފަށް އެކަން އެންގުމުން މެމްބަރާ ގުޅުއްވުމަށްފަހު ދެ ފަރާތުގެ މަޝްވަރާއާއެކު ސެކިއުރިޓީގެ ކަންކަން ހަމަޖައްސައެވެ.

comment ކޮމެންޓް