މޫދަށް ކަޅު ތެޔޮއެޅިގެން ބަންދުކުރި ރަސްފަންނު ހުޅުވާލައިިފި

ރަސްފަނު ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫދަށް ކަޅު ތެޔޮއެޅުމުގެ ސަބަބުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބަންދުކުރި ރަސްފަންނު އަލުން ހުޅުވާލައިިފިއެވެ.

ރަސްފަންނު މޫދަށް އެރުން މަނާކޮށް، ބަންދުކުރީ ރަސްފަންނުގެ ދެކުނު ފަރާތު މޫދަށް ކަޅުތެޔޮ އެޅިފައި ހުރުމުންނެވެ.

މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، އިއްޔެއިން ފެށިގެން ރަސްފަންނު ހުޅުވާލާފައި ވާކަމަށެވެ.

އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެކަމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުމެއް ވާނެކަން ފާހަގަ ނުކުރެވޭ ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ރަސްފަންނުގެ މޫދަށް ކަޅުތެޔޮ އެޅުނީ އެ ސަރަހައްދަށް ބަޔަކު އެއްލައިިލި ކަޅުތެޔޮ ހަމެއް ފަޅައިގެން ދިއުމުންނެވެ.

އަދި އެ ހަން ފަޅައިގެން ދިޔުމުގެ ސަބަބުން އެ ސަރަހައްދުގެ ރާޅުފެނަށް އޭރު ވަރަށް ބޮޑަށް ކަޅުތެލުގެ އަސަރު ކުރިއެވެ. އަދި އޮޔެ ހުންނަ ގޮތަކުން ރަސްފަންނުގެ އުުތުރު ފަރާތަށް ވެސް ތެޔޮ ފެތުރިދާނެކަމުގެ ބިރު ހީވުމުން ސިޓީ ކައުންސިލުން ފުލުހުން އޭރު އެ ސަރަހައްދު ބަންދު ކުރީއެވެ.

comment ކޮމެންޓް