ލަންކާގެ މައްޓަލަ އެއާޕޯޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓް --

ސްރީ ލަންކާގެ ގައުމީ އެއާލައިނުން ސްރީލަންކާގެ މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

މިދަތުރުތައް ފަށަން ހަމަޖެހިފައިވަނީ އަންނަމަހުގެ 14ވަނަ ދުވަހުއެވެ.

ކޮންމެ ހަފްތާއެކު އެއް ދަތުރު ކުރަން ނިންމާފައިވާއިރު ލަންކާގެ ނޫހެއްކަމަށްވާ އިކޮނޮމީ ނެކްސްޓްގައި ލަންކާގެ އޭވިއޭޝަން ސާވިސަސްގެ ޑިރެކްޓާ އޮފް އޮފަރޭޝަންސް ޝެހާން ސުމަނަސެކަރާއާ ހަވާލާދީ ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި ހަފްތާއަކު ދެ ފަހަރު ދަތުރުކުރާ ގޮތަށް ދަތުރުތައް އިތުރު ކުރެވޭނެ ކަމަށެވެ.

މައްތަލަ އެއާޕޯޓުގެ އެތެރޭގެ އުދުހުންތަކަށް ބަލާއިރު ކޮލަމްބޯއާ ދެމެދުވެސް ދަތުރުތައް ފަށަން ވަނީ ނިންމާފައެވެ.

މައްތަލަ އެއާޕޯޓަށް ދަތުރުކުރާ އެއާލައިންތަކުން ފީ ނެގި ނަމަވެސް މި ފީ ކުޑަކުރުމަށް ސަރުކާރުން ނިންމައި އެމިގްރޭޝަން ޗާޖުން 60 ޑޮލަރު ވަނީ އުނި ކޮށްފައެވެ. އަދި ޕާކިން އަދި ލޭންޑިން ފީސް އިން ޑިސްކައުންޓް ދޭ ގޮތަށް ވެސް ވަނީ ކަނޑައަޅާފައެވެ.

މާލެއަށް ދަތުރުކުރާ ސްރީލަންކާގެ ފަރާތްތަކަށް ހާއްސަކޮށް ކަނެކްޝަން ފްލައިޓުތަކެއް ވެސް ހަމަޖެހޭނެ ކަމަށް ޝެހާން ސުމަނަސެކަރާ ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް