އެޗްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރުން ފަސްކޮށްފި

ދިވެހި މާއްދާގެ ނެޝަނަލް އެސެސްމަންޓްގެ ތެރެއިން: -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަން(ޑީޕީއީ)ގެ ސާވާ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން، މިއަދު ދޫކުރަން ހަމަޖެހިފައިވާ އެޗްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރުން ފަސްކޮށްފިއެވެ.

ޑީޕީއީ އިން ބުނީ މިދިޔަ އަންގާރަ ދުވަހު ސާވާއަށް ދިމާވި މައްސަލަ ހައްލު ކުރުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މައްސަލަ ހައްލު ކުރެވުމުން ނަތީޖާ ދޫކުރާނެ ކަމަށެވެ.

ނަމަވެސް ނަތީޖާ ދޫކުރެވޭނެ ސީދާ ތާރީހެއް އެނގޭނީ ސާވާގެ މައްސަލަ ހައްލު ކުރެވުމުން ކަމަށް ޑީޕީއީ އިން ބުންޏެވެ.

މީގެ ކުރިން ޑީޕީއިން ބުނީ، މި މަހު ނަތީޖާ ދޫކުރަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޖޫން މަހު ޓީޗާ ބޭސްޓް އެސެސްމަންޓް ހެދި ދަރިވަރުންނަށް ކަމަށެވެ.

އެ ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަގޮތުން އެޗްއެސްސީ އިމްތިހާނު ހެދި ދަރިވަރުންނަގެ ނަތީޖާ ދޫކުރާނީ އަންނަ ހޯމައިން ފެށިގެން އެ ޑިޕާޓްމަންޓްގެ ކައުންޓަރުން، ހެނދުނު08:30 އިން މެނދުރު 1:30ށް ކަމަށް ވެސް ޑީޕީއީން ބުންޏެވެ.

އާއްމު ސެންޓަރު ތަކުގައި އެޗްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރާނީ އޮކްޓޯބަރު 31ން ފެށިގެންނެވެ.

comment ކޮމެންޓް