އައްޑޫގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

އައްޑޫގައި އަޅާފައިވާ ފްލެޓުތައް -- ފޮޓޯ: ކައުންސިލް

މިދިޔަ ހުކުރު ދުވަހު، ހުކުރު ގަޑީގައި އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލި މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނިންމައިފިއެވެ.

އައްޑޫ ސިޓީ ފްލެޓު ސަރަހައްދުގައި ދިން އެ ހަމަލާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހުގެ ރޭ 31 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ މީހާގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ނިންމާފައިވާ ކަމަށެވެ.

އެ ހަމަލާގައި ޒަހަމްވީ ހިތަދޫއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަންސް އޮފިސަރު ޝާފީ މުހައްމަދު އިއްޔެ "ސަން" އަށް ވިދާޅުވީ އެ ހަމަލާގައި ޒަހަމްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށެވެ.

comment ކޮމެންޓް