އެސްޓީއޯގެ މުވައްޒަފުން ހިނގާފައި އޮފީހަށް، ދެއްކީ ނަމޫނާއެއް

އެސްޓީއޯގެ މުވައްޒަފެއް ފައިމަގުގައި އޮފީހަށް ދަނީ-- ފޮޓޯ/ ޓްވިޓާ

ސިއްހީ ގޮތުންނާއި ތިމާވައްޓަށް ދިމާވާ މައްސަލަތަކަށް މުވައްޒަފުން ހޭލުންތެރި ކުރުވުމަށްޓަކައި އެސްޓީއޯއިން ބާއްވާ "ވޯކް2ވޯކް" ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެ ހަރަކާތުގައި ބައިވެރިވުމަށްޓަކައި މިއަދު އެސްޓީއޯގެ ހުރިހާ މުވައްޒަފުންހެން ވަޒީފާއަށް ނުކުތީ ފައިމަގުގައެވެ.

ވޯކް2ވޯކްއަކީ އަހަރަކު އެއްފަހަރު ކުރިއަށްދާ ގޮތަށް 2019ވަނަ އަހަރު ފެށި ހަރަކާތެކެވެ.

އެހެން ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާއެކު ގޭގައި ތިބެ ވަޒީފާ އަދާކުރާ ގޮތަށް އިންތިޒާމު ހަމަޖެހުމުން، މިދިޔަ އަހަރު އެ ހަރަކާތް ކުރިއަށް ނުގެންދެއެވެ.

އެސްޓީއޯއިން ބުނީ މިއަހަރުގެ ވޯކް2ވޯކް ހަރަކާތުގައި ރާއްޖޭގެެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ އެސްޓީއޯގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެވެ.

ހަމައެއާއެކު މުވައްޒަފުން ދެއްކި ނަމޫނާއާއި ދިން އެއްބާރުލުން ފާހަގަކޮށް އެސްޓީއޯއިން ވަނީ އެކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް