ބަނޑުބޮޑު ކަމަށް ދެކެވޭ ވާހަކަ ނެހާ ކައްކަރު ދޮގުކޮށްފި

ނެހާ އާ އޭނާގެ ފިރިމީހާ ރޯހަން---

މިދިޔަ އޮކްޓޯބަރު މަހު ކައިވެނިކުރި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބަނޑުބޮޑު ކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގުކޮށްފިއެވެ.

ނެހާ ކައިވެނިކުރިތާ މާ ގިނަ ދެމަސްދުވަސް ފަހުން އޭނާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުން ގިނަ މީހުން ހީކުރީ އޭނާ އަލަތު ދަރިފުޅަށް ބަލިވެ އިނީކަމަށެވެ. ނަމަވެސް އެއީ އޭނާ އާ އޭނާގެ ފިރިމީހާގެ ލަވައަކަށް ދެމީހުން ޖައްސާލި ސްޓަންޓެކެވެ. ފިރިމީހާ ރޯހަން އާއެކު ފެނިގެންދާ ވީޑިއޯ ލަވަ ޕްރޮމޯޓް ކޮށްލީއެވެ.

މިއުޒިޝަން ރޯހަންޕްރީތު ސިންގް އާ ނެހާ ކައިވެނިކުރިއިރު އޭނާ ބުނީ ދެމަފިރިން ދަރިއަކު ހޯދުމާ މެދު އަދި ނުވިސްނާ ކަމަށާއި އެކަމާމެދު ވިސްނާއިރަށް އާންމުންނަށް ޚަބަރުދޭނެ ކަމަށެވެ. އަދި ބަނޑުބޮޑު ވެއްޖެ ނަމަ ސިއްރުނުކޮށް ކޮންމެވެސް ގޮތަކަކުން ހާމަކުރާނެ ކަމަށެވެ.

ނެހާ އާ ރޯހަން ކައިވެނިކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މާ ދުވަސްތަކެއް ނުވަނީހެވެ. ނެހާ ބުނީ ރޯހަން ދެކެ ލޯބިވެވުނީ ފުރަތަމަ ނަޒަރުން ކަމަށާއި ފިރިއެއްގެ ގައިގައި ހުންނަން ޖެހޭ ހުރިހާ ސިފަތަކެއް ރަޯހަންގެ ކިބައިގައި ހުންނަ ކަމަށެވެ. އޭނާ ބުނީ ރޯހަން ފެނުނު ފުރަތަމަ ދުވަހުވެސް އޭނާއަށް ގަޔާވެވުނު ކަމަށާއި ރޯހަން ކަހަލަ ވަފާތެރި ފިރިއަކު ލިބުމުން ޝުކުރުކުރާ ކަމަށެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު