ހުޅުމާލޭގައި އަމިއްލަ ސްކޫލެއް އެޅުމަށް އެޗްޑީސީން ބިން ދޫކޮށްފި

ހުޅުމާލޭގައި އަމިއްލަ ސްކޫލެއް އެޅުމަށް އެޗްޑީސީން ބިން ދޫކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ/އެޗްޑީސީ

ހުޅުމާލޭގައި އަމިއްލަ ސްކޫލެއް އެޅުމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވިލާ އެޑިއުކޭޝަނަލް ސާވިސް ޕްރައިވެޓް ލިމިޓެޑަށް ބިން ދޫކޮށްފިއެވެ.

އެ ބިން ދޫކުރުމަށް ހެދި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި ވިލާ އެޑިއުކޭޝަނަލް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓަރު ޑރ. އަހުމަދު އަންވަރެވެ.

ވިލާ އެޑިއުކޭޝަނަލް ސާވިސްއާ ހަވާލުކުރި ބިމުގައި އިމާރާތް ކުރާނީ ހަ ބުރީގެ ސްކޫލެއްކަމަށް އެޗްޑީސީން ބުންޏެވެ.

މި އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ފިތުރޯނު މަގުގެ އުތުރުގައި އޮންނަ ހުސް ބިމެއްގައެވެ.

ހަ ފަންގިފިލާގެ އެ ސްކޫލް އިމާރާތް ކުރުމަށް ދޫކޮށްފައި ވަނީ 35،885 އަކަ ފޫޓުގެ ބިމެކެވެ.

ވިލާގެ ފަރާތުން މާލޭގައި ސްކޫލަކާއި ކޮލެޖެއް ހިންގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް