އިތުރަށް ޖަމާވި ފައިސާ ނުދިނުމުން މުސާރައިން ކަނޑަނީ

އޮގަސްޓް 27، 2020: މާލިއްޔަތު ކޮމެޓީއަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ދިން އިރު ބައެއް މީހުންނަށް އިތުރަށް ދެވުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ފައިސާ ހޯދިފައިނުވާ 32 މީހެއްގެ މުސާރައިން އިތުރުވި ފައިިސާ ކަނޑައިގެން ފައިސާ އަނބުރާ ހޯދުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ 1،796 މީހުންނަަށް އިތުރަށް ފައިސާ ޖަމާކޮށްފައިވާކަމަށެވެ. އަދި އޭގެ ތެރެއިން އިތުރަށް ފައިސާ ޖަމާވި 32 މީހުން އަދިވެސް ފައިސާ ހަވާލުކޮށްފައިނުވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ލިބެންޖެހޭ މިންވަރަށްވުރެ މަދުން ފައިސާ ޖަމާވި މުވައްޒަފުންނަށް އެ ފައިސާ ޖަމާކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އޮފިޝަލް ވިދާޅުވިއެވެ.

https://sun.mv/156269

އެއާއެކު މުސްތަގުބަލުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް މުސާރައާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ރާވާފައިވާކަން މިނިސްޓްރީން ބުންޏެވެ.

https://sun.mv/156257

އޯގަސްޓު މަހުގެ މުސާރަ ޖަމާވިއިރު ބަައެއް މީހުންނަށް 70،000 ރުފިޔާ ވެސް އޮޅިގެން ޖަމާކުރެވިފައިވެއެވެ. އެއާއެކު ބައެއް ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން މުވައްޒަފުންނަށް ވަނީ މުސާރައިގައި މައްސަލަ އުޅޭނެކަން އަންގާފައެވެ.

comment ކޮމެންޓް