ދިރާގުގެ ކްލައުޑް ޔޫޓީއެމް: ސައިބާ ހަމަލާތަކުން ދިފާއުވުމަށް ވިޔަފާރިތަކަށް އޮތް ހައްލު

ގެސްޓުހައުސްތަކާއި ހޮޓެލްތަކާއި އެހެނިހެން ވިޔަފާރިތަކުން ބޭނުން ކުރާ އިންޓަނެޓް ނެޓްވޯކުތައް، އެކި ބާވަތުގެ ސައިބާ ހަމަލާތަކުން ދިފާއުކޮށްދޭނެ ސޮފްޓްވެއާއެއް ދިރާގުން ތައާރަފްކޮށްފިއެވެ.

ދިރާގުގެ ކްލައުޑް ޔުނިފައިޑް ތުރެޓް މެނޭޖްމެންޓް (ޔޫޓީއެމް) ތައާރަފް ކުރަނީ ދިރާގު ބިޒް ފައިބާ ބްރޯޑްބޭންޑް ބޭނުން ކުރާ ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަން ފޯރުކޮށްދިނުމަށެވެ.

ދިރާގުން ބުނި ގޮތުގައި، ވިޔަފާރި ނެޓްވޯކުތަކަށް ކުރިމަތިވާ ތަފާތު ސައިބާ ހަމަލާތަކުން ދިފާއުވެ، އަމިއްލަ މައުލޫމާތު ރައްކާތެރި ކުރުމަށްޓަކައި އާއްމު ގޮތެއްގައި އެކި ސޮފްޓްވެއާތައް ޑައުންލޯޑުކޮށްގެން ބޭނުން ކުރަން ޖެހެއެވެ.

ނަމަވެސް ކްލައުޑް ޔޫޓީއެމް ބޭނުން ކުރުމުން އެއް ސޮފްޓްވެއާއަކުން، ހުރިހާ ބާވަތެއްގެ ސައިބާ ހަމަލާތަކުންވެސް ދިފާއުވެވޭނެއެވެ.

"ޔުނިފައިޑް ތުރެޓް މެނޭޖްމެންޓް ސޮލިއުޝަން އެޅުމުން އެއް ސޮފްޓްވެއާއަކުން އެކި ކަހަލަ މިކްސްޑް ސައިބާ ހަމަލާތަކުން ނެޓްވޯކް ރައްކާތެރި ކޮށްދޭނެ،" ދިރާގުން މައުލޫމާތު ދިނެވެ.

އެގޮތުން ކްލައުޑް ޔޫޓީއެމް އެޅުމުން، ވިޔަފާރީގެ ނެޓްވޯކް ބަލަހައްޓާ ފަރާތަކަށް، އެހެން މީހުން އެ ނެޓްވޯކް ބޭނުން ކުރާ ގޮތް ކޮންމެ ވަގުތަކުވެސް މޮނިޓާ ކުރެވޭނެއެވެ. އަދި އެ ނެޓްވޯކް ބޭނުން ކުރެވޭނެ މީހުންގެ އަދަދާއި އިންޓަނެޓު ބޭންޑްވިތުވެސް ކޮންޓްރޯލް ކުރެވެން ހުންނާނެއެވެ.

comment ކޮމެންޓް