ދެ ކޮންޓެއިނަރުގެ ސިމެންތިއާއެކު ދަތުރުކުރަމުންދިޔަ ކޮޅުވެއްޓިއެއް އަޑިއަށް

ބަންޑުންޖަހާލި ޗަމްޕާ ހޯލްޑިންގްސްގެ ކޮޅުވެއްޓި -- ފޮޓޯ/އެމްއެންޑިއެފް

މާލެއިން ޅ. މާބިންހުރާއަށް ސިމެންތި ބަރުކޮށްގެން ދަތުރު ކުރި ޗަމްޕާ ހޯލްޑިންގްސްގެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފިއެވެ.

އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްގެ ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ރޭ ދަންވަރު 02:45 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ވަނީ އެ ސަަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.

ދިގުމިނުގައި 35 ފޫޓު ހުންނަ އެ ކޮޅުވެއްޓި އޭރު ދަތުރުކުރަމުން ދިޔައީ ދެ ކޮންޓެއިނަރުގެ ސިމެންތި ބަރުކޮށްގެންނެވެ. އަދި ބަންޑުންޖަހާލީ ޅ. މާފިލާފުށި ކައިރިންނެވެ.

އެމްއެންޑީއެފްއިން ބުނީ އެ ކޮޅުވެއްޓި އެއްކޮށް އަޑިއަށް ދިޔައީ މިއަދު ހެދުނު 06:51 ހާއިރު ކަމަށެވެ.

އެ ހާދިސާ ހިނގިއިރު ކޮޅުވެއްޓީގައި ތިބީ ބަންގްލްދޭޝްގެ ދިން ފަޅުވެރިންނާއި ދިވެއްސެކެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

comment ކޮމެންޓް