އޮން މައި ބްލޮކް އަންނާނީ އަންނަ މަހު

ސީރީޒްގެ މައިގަނޑު ބައެއް ތަރިން---

ނެޓްފްލިކްސް ސީރީޒް "އޮން މައި ބްލޮކް" ގެ ހަތަރު ވަނަ ސީޒަން އަންނަ މަހު ދައްކާ ގޮތަށް ހަމަޖެހިއްޖެއެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު މި ސީޒަންގެ ފަހު ސީޒަން އާންމުންނާ ހަމައަށް އަންނައިރު މި ފަހު ސީޒަން ވެގެންދާނީ ގިނަ ކަންތައްތަކެއް ހިނގާ ޝައުގުން ފުރިގެންވާ ސީރީޒަކަށެވެ. މި ކޮމެޑީ ޑްރާމާ އަކީ ޒުވާނުންގެ މެދުގައި ވަރަށް މަގްބޫލު ސީރީޒެކެވެ. ހެއްވާ މަޖާ ކަންތައްތަކެއް ވެސް ފެނިގެންދާ މި ސީރީޒްގެ ކްރިއޭޓަރުންނަކީ ލޯރެން ލަންގްރިޗް، އެޑީ ގޮންޒަލޭޒް އަދި ޖާމީ ހޯފްޓްއެވެ.

ހަތަރު އެކުވެރިންގެ ދިރިއުޅުމުގެ ވާހަކަ ކިޔައިދޭ "އޮން މައި ބްލޮކް"ގެ ތަރިންނަކީ ސިއެރާ ކެޕްރީ (މޮންސޭ)، ޖޭސަން ގެނާއޯ (ރޫބީ)، ބްރެޓް ގެރޭ (ޖަމާލް) އަދި ޑިއޭގާ ޓިނެކޯ (ސީޒާ) އެވެ.

ވަކިނުވާފަދަ ވަރުގަދަ ގުޅުމެއް އޮތް އެ ހަތަރު އެކުވެރިންގެ ގުޅުން ކެނޑިގެން ތިން ވަނަ ސީޒަން ނިމިގެންދިޔައިރު އާންމުން ތިބީ ދެން ވާނެ ގޮތް ބަލަން ކެތްމަދުވެފައެވެ.

އޮން މައި ބްލޮކްގެ ހަތަރު ވަނަ ސީޒަނުގައި ހިމެނޭނީ ޖުމުލަ 10 އެޕިސޯޑެވެ. މި ފަހަރުގެ ސީޒަނުގައި ހަތަރު އެކުވެރިން އަނެއްކާ އެކަތިކަނޑަކަށްވެގެން އެނބުރި އަންނަ މަންޒަރު ފެނިގެންދާނެއެވެ.

comment ކޮމެންޓް