ސިވިލް ސާވިސް މުވައްޒަފުންގެ ހިމޭން އިހުތިޖާޖެއް، ޖަވާބެއް ނުލިބިއްޖެ ނަމަ މަސައްކަތް ހުއްޓާލާނެ

ސިވިލް ސާވިސް މުވައްޒަފުން އިހުތިޖާޖުގައި-- ފޮޓޯ/ ސިވިލް ސާވަންޓްސް އެސޯސިއޭޝަނުން

ސިވިލް ސާވިސް މުވައްޒަފުންގެ އެތައް ޝަކުވާއަކާއި ކަންބޮޑުވުންތަކަކާއެކު, ކަޅު ހެދުމުގައި ވަޒީފާއަށް ނިކުމެ ހިމޭން އިހުތިޖާޖެއް ފަށައިފިއެވެ.

އެ އިހުތިޖާޖު ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ސިވިލް ސާވަންޓްސް އެސޯސިއޭޝަނުންނެވެ. އަދި އެ އެސޯސިއޭޝަނުން ވަނީ މިއަދުގެ އިހުތިޖާޖަށް ޖަވާބެއް ނުލިބިއްޖެ ނަަމަ މާދާމާއިން ފެށިގެން މަސައްކަތް ހުއްޓާލާނެކަމަށް ބުނެފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން, ގިނަ އިދާރާތަަކެއްގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ އެ އިހުތިޖާޖުގައި ބައިވެރިވެފައެވެ.

ސިވިލް ސާންވަންޓުންގެ މައިގަނޑު ޑިމާންޑުތަކަކީ މުސާރަ އާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނައުމާއި، ސެޓްފިކެޓަަށް ވަޒީފާގެ ކުރިއެރުން ދިނުމާއި މިނިމަމް ވޭޖް ކަނޑައެޅުން އަވަސްކޮށްދިނުމެވެ.

މީގެ އިތުރުން ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބޭ ލިވިން އެލަވަންސް ސިވިލް ސާވިސް މުވައްްޒަފުންނަށް ދިނުމަކީ ވެސް މި އިހުތިޖާޖުގައި ބައިވެރިވާ މީހުން އެދޭ ކަމެކެވެ.

ރާއްޖޭގައި ސިވިލް ސާވަންޓުންގެ ގޮތުގައި 26،000އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެގޮތުން 16،000އަށް ވުރެ ގިނަ އަންހެނުން ސިވިލް ސާވިސްގައި މަސައްކަތްކުރެއެވެ.

comment ކޮމެންޓް