އަތޮޅު ތެރެއިން 100އަށްވުރެ ގިނަ ކޭހާއެކު މިއަދު ޖުމްލަ 162 މީހުން ޕޮޒިޓިވް

މެއި 27، 2020: މީހަކު ކަރަންޓީން މަރުކަޒަށް ގެންދިއުމަށް އެމްބިއުލައިންސްއަށް އަރުުމުގެ މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަތޮޅުތެރެއިން 106 މީހަކު ހިމެނޭ ގޮތަށް މިއަދު މުޅި ރާއްޖެއިން 162 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ކޮވިޑަށް 5,195 ސާމްޕަލް ޓެސްޓުކޮށްފައިވެއެވެ.

އޭގެ ތެރެއިން މާލެ ސަރަހައްދުން 49 މީހެއްގެ އިތުރުން، އަތޮޅުތަކުން 106 މީހަކާއި ރިޒޯޓުތަކުން ހަ މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އަދި ސަފާރީތަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިއީ ފާއިތުވި ދުވަސްތަކުގެ ތެރޭ މިހާ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 83,494 އަށް އަރާފައެވެ.

އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 1,708 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 23 މީހަކަށެވެ.

މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 81,544 އެވެ. މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ހުރީ 229 ގައެވެ.

comment ކޮމެންޓް