އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަން، ރައީސް ސޯލިހު ނިއުޔޯކަށް

ރައީސް ސޯލިހު ނިއުޔޯކަށް ފުރާވަޑައިގަންނަވަނީ-- ފޮޓޯ/ ރައީސް އޮފީސް

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކަށް ފުރައިވަޑައިގެންފިއެވެ.

އެ ދަތުރުފުޅުގައި ރައީސް ސޯލިހުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރުކުރެއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 21 ވާ އަންގާރަ ދުވަހުގައެވެ.

މީގެ އިތުރުން ރައީސްގެ އެ ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާއި އެކި ގައުމުތަކުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާނެއެވެ.

ރައީސް ސޯލިހު ވަނީ މީގެ ކުރިންވެސް އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވާފައެވެ. އެއީ ސެޕްޓެމްބަރު 24، 2019ގައެވެ.

ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

comment ކޮމެންޓް