ކަނޑުއަޑީގައި ދެ ލޯބިވެރިއަކު ކައިވެނިކޮށްފި

ކަނޑުއަޑީގައި ކައިވެނިކުރި މަންޒަރު---

ކަނޑުއަޑީގައި ރާއްޖެއިން ބޭރު ދެ ލޯބިވެރިއަކު ކައިވެނިކޮށްފިއެވެ.

ޑައިވިން ލައިސެންސް އޮންނަ ދެމީހުން ކަމަށްވާ ލީސާ ހަގްސްކިން އަދި ކްރިސްޓޮފާ ޖެކްސަން ކައިވެނިކުރީ މާސްޓަން ގްރީންގައި ހުންނަ ބެއާ ގްރިލްސް އެޑްވެންޗާ އޯޝަނިއަރަމެއްގައެވެ. އެ ޓޭންކުގެ ތެރޭގައި ދެމަފިރިންގެ ކައިވެނިކުރެވިގެން އާންމުންވެގެންދިޔަ ވީޑިއޯގައި އެކި ވައްތަރުގެ މަސްތަކާ ރީފް މިޔަރު ވެސް ފެންނަން ހުއްޓެވެ.

ފަސް އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނީގެ ކުރިން މިދެމީހުން ވަނީ އެކުގައި ސްކޫބާ ޑައިވިން ކުރާ ގޮތް ދަސްވެސްކޮށްފައެވެ. ކަނޑުއަޑީގައި ކައިވެނިކުރުމަކީ ދެމީހުންގެ އަސްލު ޕްލޭން ނޫންނަމަވެސް ކޮވިޑް ޕެންޑެމިކްގެ ސަބަބުން ކައިވެނީގެ ޕްލޭން އެއްކޮށް ބަދަލުކޮށްލީއެވެ.

ހަގްސިން ބުނީ ދެމީހުން އަސްލު ކައިވެނިކުރަން ނިންމ ސައިޕްރަސް ގައި ކަމަށާއި ކޮވިޑް ޕެންޑެމިކްގެ ސަބަބުން ދަތުރުފަތުރު ކުރެވޭ ގޮތް މެދުވެރިނުވީ ކަމަށެވެ. އަދި ހަފްލާ އަށް ގެސްޓުން ގެނެވޭނެ ގޮތް ވެސް މެދުވެރިނުވުމުން ދެމީހުން ވެސް އެންމެ ލޯބި ކުރާ ކަނޑުއަޑީގައި ކައިވެނިކުރަން ނިންމީ ކަމަށެވެ.

އޭނާ ބުނީ އަސްލު ޕްލޭނާ އެއްގޮތަށް ކަންތައް ނުދިޔުމުގެ ސަބަބުން ތަފާތު ގޮތަކަށް ކައިވެނިކުރަން ނިންމީ ކަމަށާއި ކަނޑުއަޑީގައި ކައިވެނިކުރެވުމުން ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

comment ކޮމެންޓް