އެޗްއާރްސީއެމުން ފިޔަވަތީގައި ތިބި ކުދިންނާ ބައްދަލުކުރަނީ

17 ސެޕްޓެމްބަރު 2021: ހުޅުމާލޭ ފިޔަވަތީ ފުރާޅުމައްޗަށް އަރައިގެން ކުދިންތަކެއް އުޅެނީ -- ސަންފޮޓޯ/ ފަޔާޒް މޫސާ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ފިޔަވަތީގެ ކުދިންނާ ބައްދަލުކުރަން ނިންމައިފިއެވެ.

ފިޔަވަތީގައި ތިބޭ ބައެއް ކުދިން އެތަނުގެ ފުރާޅު މައްޗަށް އަރައި، އަލިފާން ރޯކޮށްލަން އުޅޭ ކަމުގެ ރިޕޯޓުތަކެއް ލިބިގެން ފުލުހުން ވަނީ ފިޔަވަތީ ކައިރީގައި ހަރަކާތްތެރިވެފައެވެ.

ފިޔަވަތި ސަރަހައްދުގައި ހަރަކާތްތެރިވި އެޗްއާރްސީއެމްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ފިޔަވަތީގެ ހާލަތު އެޗްއާރްސީއެމުން މޮނިޓާ ކުރަމުން އަންނަ ކަމަށާއި އިތުރު މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ މައްސަލަ އިތުރަށް ބެލުމަށް ޓަކައި މާދަމާ ކޮމިޝަންގެ މެންބަރުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެޗްއާރްސީއެމުން އަބަދުވެސް ފިޔަވަތީގެ ހާލަތު ބަލަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް