އައްޑޫގައި މިއަދު ދެވަނަ މާރާމާރީއެއް، ސައިކަލުގައި ދިޔަ ދެ މީހަކު ޒަހަމްކޮށްލައިފި

އައްޑޫ ސިޓީ. (ފޮޓޯ/ފޭސްބުކް)

އައްޑޫގައި މިއަދު ދެވަނަ މާރާމާރީއެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އައްޑޫގައި މިރޭ ހިނގި މާރާމާރީގައި ސައިކަލުގައި ދިޔަ ދެ މީހަކަށް ހަމަލާދީ، ޒަހަމްކޮށްލައިފައިވާ ކަމަށެވެ.

ހަމަލާ ދީފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކަށެވެ.

މި ދެ މީހުންނަށް ވެސް އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ މިރޭ 08:05 ހާއިރު ކަމަށާއި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

މިއަދު ހެނދުނު ވެސް އައްޑޫގައި މާރާމާރީއެއް ހިނގައިފައިވެއެވެ. އެ މާރާމާރީގައި އަނިޔާވީ 29 އަހަރުގެ ފިރިހެނަކަށެވެ.

comment ކޮމެންޓް