މުލީއާގެ ކައިރިން މީހަކަށް ހަމަލާ ދީ ޒަހަމްކޮށްލައިފި

މުލިއާގެ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

މުލީއާގެ ކައިރިން، މެދުޒިޔާރަތްކުރިމަތީގައި މީހަކަށް ހަމަލާ ދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަން "ސަން"އަށް ވިދާޅުވީ އެތަނުގައި މާރާމާރީއެއް ހިނގިކަމުގެ ރިޕޯޓު 19:59 ހާއިރު ލިބިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ހަމަލާ ދީފައިވަނީ ގުރޫޕަކުން ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާ ލިބުނު މީހާއަށް މިހާރު ގެންދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

މި މައްސަލައިގައި ބަލަން ޖެހޭ ކަން ކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

comment ކޮމެންޓް