ޖިންސީ ގޯނާކުރި ފުލުސް މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ޖިންސީ ގޯނާކުރި ފުލުސް މީހާ ހައްޔަރުކުރުމަށް ގޮވާލާ އައްޑޫގައި އިހުތިޖާޖު -- ފޮޓޯ/ ސޯޝަލް މީޑިއާ

އައްޑޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރުކުރި ފުލުސް މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އެ ފުލުސް މީހާ ހައްޔަރުކޮށްފައިވަނީ ރޭ އޭނާ ހައްޔަރުކުރުމަށް ގޮވާލާ އެ ސިޓީގެ ގިނަ ބަޔަކު އިހުތިޖާޖުކުރުމާ ގުޅިގެންނެވެ.

ފުލުހުން ބުނީ އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުކުމް ކޮށްފައިވާ ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އަންނަނީ ބަލަމުންނެވެ.

އައްޑޫ ސިޓީ ހިތަދޫގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ފެންމަތިވުމާއެކު އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އިއްޔެ މަގުތަކަށް ނިކުމެ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

އާންމުން ކުރި އިހުތިޖާޖު ހުއްޓާލައިފައިވަނީ ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމުންނެވެ.

comment ކޮމެންޓް