ކޮވިޑްގައި ހާލު ސީރިއަސްވެގެން ނޮޅިވަރަމުން ހުޅުމާލެ ފެސިލިޓީއަށް ގެންދިޔަ މީހަކު މަރުވެއްޖެ

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އެނދުތަކެއް -- ފޮޓޯ/ އެސްޓީއޯ

ކޮވިޑް-19 ޖެހި، ހާލު ސީރިއަސްވުމުގެ ސަބަބުން ހދ. ނޮޅިވަރަމުން ހުޅުމާލެ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ މީހަކު މަރުވެއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މިއަދު ކޮވިޑް ޖެހިގެން މަރުވެފައި ވަނީ 87 އަހަރުގެ ފިރިހެނެެކެވެ. އަދި އެމީހާ ނޮޅިވަރަމުން ހުޅުމާލެ ފެސިލިޓީއަށް ގެންދިޔައީ މިދިޔަ ހަފްތާ ތެރޭގައިއެވެ.

ނޮޅިވަރަމް ކައުންސިލުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އެ ރަށުގެ މީހަކު ހުޅުމާލެ ފެސިލިޓީގައި މަރުވިކަން އެނގުނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައިއެވެ.

ނޮޅިވަރަމްގައި މިހާރު ތިބި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 166އަށް އަރައެވެ.

ކޮވިޑް ޖެހިގެން އިއްޔެވެސް ރާއްޖެއިން މީހަކު މަރުވެފައިވެއެވެ. އެއީ ގދ. އަތޮޅު ކޮވިޑް ފެސިލީޓީގައި ފަރުވާ ދެމުންދިޔަ 89 އަހަރުގެ ފިރިހެނެކެވެ.

އެހެންކަމުން ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 229އަށް އަރާފައެވެ.

comment ކޮމެންޓް