ބޯހިމެނުން އަންނަ އަހަރުގެ ސެޕްޓެމްބަރުގައި

ބޯހިމެނުން 2022ގެ ތާރީހު އިއުލާނުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަންފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 އިން 30އަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ހައުސިން، ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ބޯހިމެނުމަކީ ގައުމީ ތަރައްގީގެ މަޝްރޫއުތައް ރާވައި ހިންގުމަށް ބޭނުންވާ އަސާސީ މައުލޫމާތެއް ކަމަށެވެ.

ބޯހިމެނުން 2022ގެ ޝިއާރަކީ "އަހަރެންގެ ބޯހިމެނުން" މިއެވެ.

މީގެ ކުރީގެ ބޯހިމެނުންތަކާ ހިލާފަށް މިފަހަރުގެ ބޯހިމެނުމުގައި ރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ އިތުރުން އިގްތިސާދީ މަސައްކަތްތަކުގެ ބޯހިމެނުމަށްވެސް ވަނީ ނިންމާފައެވެ.

ބޯހިމެނުން 2022ގެ ޓައިމްލައިންގައިވާ ގޮތުން އިގްތިސާދީ މަސައްކަތްތަކުގެ ބޯހިމެނުން އަންނަ އަހަރުގެ ޖުލައި މަހު ފަށާނެއެވެ. އެ މަސައްކަތް ފުރަތަމަ ކުރިއަށްގެންދާނީ އޮންލައިންކޮށް މައުލޫމާތު ފޯމު ފުރިހަމަ ކުރެވޭ ގޮތަށެވެ.

އޮންލައިން ފޯމު ފުރަން ހުޅުވާ މުއްދަތުގައި ފޯމު ނުފުރާ ތަންތަނުގެ މައުލޫމާތު އެއްކުރާނީ ސެޕްޓެމްބަރު މަހު ބޯހިމެނުން ކުރިއަށްދާ މުއްދަތުގައެވެ.

ބޯހިމެނުން 2022ގެ ޓައިމްލައިން ރާވާފައިވާ ގޮތް

  • 16 ސެޕްޓެމްބަރު 2021: ބޯހިމެނުމުގެ ތާރީހު އިއުލާންކުރުން
  • އޮކްޓޫބަރު 2021: ބޯހިމެނުމުގައި ނެގޭ މައުލޫމާތަށް އާންމުންގެ ހިޔާލު ހޯދުން
  • ނޮވެމްބަރު 2021 - ޖަނަވަރީ 2022: ޕްރީ ޓެސްޓް
  • މާޗު 2022: ޕައިލެޓް ސެންސަސް
  • ޖޫން 2022 - ޖުލައި 2022: ޕްރީ ލިސްޓިން
  • ޖުލައި 2022 - ސެޕްޓެމްބަރު 2022: އިގްތިސާދީ މަސައްކަތްތަކުގެ ބޯހިމެނުން
  • ޖުލައި 2022: އެނިއުމަރޭޓަރުން ތަމްރީން ކުރުން (އަތޮޅު)
  • އޮގަސްޓް 2022 - ސެޕްޓެމްބަރު 2022: އެނިއުމަރޭޓަރުން ތަމްރީން ކުރުން (މާލެ)
  • 17-30 ސެޕްޓެމްބަރު 2022: ބޯހިމެނުން
  • އޮކްޓޫބަރު

އެ ރަސްމިއްޔާތުގައި ޕޮޕިއުލޭޝަން އެންޑް ސޯޝަލް ސްޓެޓިސްޓިކްސްގެ ހެޑް ފާތިމަތު ރިޔާޒާ ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތަށް 4300އާ ގާތްކުރާ އަދަދަކަށް އެނިއުމަރޭޓަރުން ބޭނުންވާނެ ކަމަށެވެ.

އެއީ މާލެ ސަރަހައްދަށް ބޭނުންވާ 2100 އެނިއުމަރޭޓަރުންނާއި އަތޮޅުތަކަށް ބޭނުންވާ 2200 އެނިއުމަރޭޓަރުންނެވެ.

އެނިއުމަރޭޓަރުން ހޯދަން އިއުލާނުކުރާނީ އަންނަ މަހުގެ 20 ވަނަ ދުވަހު، ގައުމީ ތަފާސްހިސާބުތަކުގެ ދުވަސް ފާހަގަކުރާއިރު ކަމަށް ރިޔާޒާ ވިދާޅުވިއެވެ.

ބޯހިމެނުން 2022ގެ ވަގުތީ ނަތީޖާ އިއުލާންކުރާނީ އޮކްޓޫބަރު 6، 2022ގައެވެ. އަދި އެ މަހުގެ 20ވަނަ ދުވަހު ދާއިމީ ނަތީޖާ އިއުލާން ކުރާނެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގައެވެ. އެގޮތުން ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސް، 1931 ވަނަ އަހަރު މެދުކެނޑުމެއްއަ އެވެ.

އެންމެ ފަހުން 2014 ވަނަ އަހަރު މުޅި ރާއްޖޭގައި ކުރިޔަށް ގެންދިޔަ، އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 402،071 އެވެ.

comment ކޮމެންޓް